ހަތްވަނަ ޓީޗަރސް ކޮންފަރެންސް ނިންމާލައިފި

ހަތްވަނަ ޓީޗަރސް ކޮންފަރެންސް މިއަދު ނިންމާލައިފިއެވެ.

މި ކޮންފަރެންސަށް މި އަހަރު ކަނޑައެޅި ތީމަކީ "އެޑިއުކޭޓް އެމްޕަވަރ އެލިވޭޓް އިކުއިޓެބަލް އެޑިއުކޭޝަން ފޯރ ޓުވެންޓީ ފަސްޓް ސެންޗުއަރީ އެކްސެލެންސް"އެވެ.

ދެ ދުވަހަށް ކުރިއަށް ގެންދިޔަ މި ކޮންފަރެންސްގައި ތައުލީމީ ދާއިރާގެ 250 ފަރާތުން ބައިވެރިވިއެވެ. ދެ އަހަރުން އެއް އަހަރު ބާއްވާ މި ކޮންފަރެންސަށް މި އަހަރު 60 ރިސަރޗް ކަރުދާސް ހުށައެޅިއެވެ. އަދި ހަތަރު ކޭސް ސްޓަޑީއާއި ދެ ޕެނަލް ޑިސްކަޝަންތައް ބޭއްވިއެވެ.

މި ކޮންފަރެންސް ނިންމާލުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރު، ޑރ. މަޙްމޫދު ޝަޢުޤީއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *