ވިލާ ކޮލެޖުގެ "ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑް" 110 ދަރިވަރުންނަށް

ވިލާ ކޮލެޖުގެ "ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑް" 110 ދަރިވަރުންނަށް ރޭ ދީފިއެވެ. މިއީ މި އެވޯޑް ޚާއްޞަ ހަފްލާއެއްގައި އެ ކޮލެޖުން ދޭ ހަތަރު ވަނަ ފަހަރެވެ.

އެވޯޑް ހަފްލާ ޝަރަފުވެރިކޮށް ދެއްވައި އެންމެ ޝަރަފުވެރި އެވޯޑް ދެއްވީ، ރައްޔިތުންގ މަޖިލީހުގެ ނާއިބް ރައީސް އަޙްމަދު ނާޒިމެވެ.

މިދިޔަ އަހަރާއި މި އަހަރު ދަސްވެނިވި ދަރިވަރުންގެ ތެރެއިން ޤާސިމް އިބްރާހިމް އެވޯޑް ފޯރ އެކްސެލަންސް 23 ދަރިވަރަކަށް ލިބުނެވެ. ގޯލްޑް މެޑަލް އަދި އިންޑަސްޓްރިއަލް ޕްރައިސް ލިބުނީ 51 ދަރިވަރުންނަށެވެ. އޭސީސީއޭ ނެޝަނަލް ރެސިޑެންޓް ޕްރައިޒް އެވޯޑް 12 ދަރިވަރުންނަށް ލިބުނުއިރު، ބުކް ޕްރައިޒް އާއި ޑީންސް އެވޯޑް 110 ދަރިވަރުންނަށް ލިބުނެވެ.

ރޭ ބޭއްވި ރަސްމިއްޔާތުގައި ވިލާ ކޮލެޖްގެ ވައިސް ރެކްޓަރ ޑރ. އަލީ ނަޖީބު ވިދާޅުވީ، އެވޯޑް ޙާޞިލް ކުރި ދަރިވަރުންގެ ތެރޭގައި ޔުނިވަރސިޓީ އޮފް ވެސްޓް އިންގްލެންޑްގެ ކޯސްތަކުގައި ކިޔެވި ދަރިވަރުން ހިމެނޭ ކަމަށާއި އޭގެ މާނައަކީ  ޔޫޑަބްލިޔުވީ ބްރިސްޓޮލް ގައި ކިޔަވާ ދަރިވަރުންނާ އެއް ހަމައެއްގައި ވިލާ ކޮލެޖްގައި ތިބެގެން ކިޔަވާ ދަރިވަރުން ތައުލީމީ ގޮތުން ހިފަހައްޓާލާ ކަމެވެ.

ޑރ. ނަޖީބު ވިދާޅުވީ، އޭސީސީއޭގެ ވޯލްޑް ވައިޑް ގަދަ 40 ގައި އެކޮލެޖްގެ  12 ދަރިވަރުން ހިމެނޭ ކަމަށެވެ. އޭސސީސީއަކީ ވޯލްޑް ސްޓޭޓަސްގައި ރާއްޖޭގައި ހުރި ހަމައެކަނި ޓިއުޝަން ޕްރޮވައިޑާ ކަމަށާއި އޭސީސީއޭ ގެ ތިން ލެވެލްއަށް ކިޔަވައިދޭ ހަމައަކަނި މަރުކަޒަކީ ވެސް ވިލާ ކޮލެޖް ކަމުގައި ޑރ. ނަޖީބު ވިދާޅުވިއެވެ.

ޑރ. ނަޖީބު ވިދާޅުވީ ވިލާ ކޮލެޖުން މިދިޔަ އަހަރާއި މި އަހަރު ދަސްވެނިވި ދަރިވަރުންގެ ތެރެއިން 90 އިންސައްތަ ދަރިވަރުން ތިބީ ވަޒީފާ ތަކުގައިކަން އެ ކޮލެޖުން ކުރި ސާވޭއިން ދައްކާ ކަމަށެވެ.

ވިލާ ކޮލެޖަކީ އަމިއްލަ ފަރާތަކުން ރާއްޖޭގައި ހިންގަން ފެށި ފުރަތަމަ ކޮލެޖެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *