ވިލާ ކޮލެޖުން 1200 އެއްހާ ދަރިވަރުން ދަސްވެނިވެއްޖެ

ވިލާކޮލެޖުން 1237 ދަރިވަރުން ދަސްވެނިވެއްޖެއެވެ. ދަސްވެނިވުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދިޔައީ ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ. މިއަދު ހެދުނުގެ ދަންފަޅިޝަރަފުވެރިކޮށް ދެއްވީ ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑްގެ ވައިސް ޗާންސެލަރ ޕްރޮފެސަރ ސަރ ސްޓީވަން ވެސްޓްއެވެ. މެންދުރު ފަހުގެ ދަންފަޅި ޝަރަފުވެރިކޮށް ދެއްވީ ހައުސިން މިނިސްޓަރު ޑރ އަލީ ހައިދަރެވެ.

މި ރަސްމިއްޔާތުގައި ވިލާ ކޮލެޖްގެ ވައިސް ރެކްޓަރ ޑރ. އަލީ ނަޖީބު ވިދާޅުވީ، ދިވެހިންނަށް ދިވެހިރާއްޖޭގައި ތިބެގެން އަތްފޯރާ އަގެއްގައި ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށްދިނުމަށް ޗެއަރމަން ޤާއިމް އިބްރާހިމްގެ ތަޞައްވަރު ހަޤީޤަތަކަށް ވެގެންދާތަން ފެންނަމުންދާ ކަމަށެވެ. ޑރ. ނަޖީބު ވިދާޅުވީ ފާއިތުވި އަހަރު އެ ކޮލެޖުން ކިޔެވި ދަރިވަރުންގެ އަދަދު މި އަހަރު ދިހަ އިންސައްތަ އިތުރުވެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، " ވިލާ ކޮލެޖުގެ ދަސްވެނީންގެ ސާވޭއިން ދައްކާގޮތުން އެ ކޮލެޖުން ފުރަތަމަ ޑިގްރީއަށް ކިޔަވައިގެން ވޭތުވެދިޔަ 12 މަސްދުވަހުގެ ތެރޭގައި ނުކުތް ކުދިންގެ 21 އިންސައްތަ ދަރިވަރުން އެއް އަހަރު ދުވަހުގެ ތެރޭގައި ވިލާ މާސްޓަރަސް ޕްރޮގްރާމްތަކުގައި ކިޔަވަން އަލުން އެ ކޮލެޖާ ގުޅިފައިވޭ. ފައުންޑޭޝަނުން ޑިގްރީއަށް އަންނަ ކުދިންގެ އަދަދު  އެއަށްވުރެ މަތި. މިއިން ދައްކުގައި ދެނީ ކޮލެޖާ މެދު ދަސްވެނީންގެ އޮތް އިތުބާރު" ކަމަށެވެ.

ވިލާ ކޮލެޖުން ބުނީ، މި އަހަރު ދަސްވެނިވި ދަރިވަރުންގެ 68 އިންސައްތައަކީ އެ ކޮލެޖްގެ އަމިއްލަ ޕްރޮގްރާމް ތަކުން ގުރެޖުއޭޓް ވި ދަރިވަރުން ކަމަށާއި 59 އިންސައްތައަކީ އަންޑަ ގުރެޖުއެޓް ކޯސްތަކުން ގުރެޖުއޭޓް ވި ދަރިވަރުން ކަމަށެވެ. ދަސްވެނިވި ދަރިވަރުންގެ 71 އިންސައްތައަކީ އަންހެން ދަރިވަރުން ކަމަށް ވެސް ވިލާ ކޮލެޖުން ބުނެއެވެ.

ވިލާ ކޮލެޖަކީ އަމިއްލަ ފަރާތަކުން ހިންގާ އެންމެ ދުވަސްވީ ކޮލެޖެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *