ރެހެންދި ސެޕްޓެމްބަރު ސޭލަށް ދާ މީހުންގެ މެދުގައި ނަގާ ޤުރުއަތުން ހޮވޭ ފަރާތަކަށް އުމުރާ ދަތުރަކާއި ލެޕްޓޮޕެއް ދޭގޮތަށް ނިންމައިފިއެވެ. މި ސޭލް ކުރިއަށް ދަނީ މިއަދުން ފެށިގެން އަންނަ މަހުގެ 4 ވަނަ ދުވަހަށެވެ. ހުޅުވާފައި ހުންނާނީ ހަވީރު 4ން ރޭގަނޑު 12އަށެވެ.

ކޮންމެ ރެއަކު ދާ މީހުންގެ މެދުގައި ނަގާ ޤުރުއަތުން ޚާއްޞަ އިނާމެއް ދޭއިރު، ސޭލަށް ދާ ހުރިހާ މީހުންގެ މެދުގައި ނަގާ ޤުރުއަތުން ދެނީ އުމުރާ ދަތުރަކާއި ލެޕްޓޮޕެކެވެ. އުމުރާ ދަތުރު ސްޕޮންސަރ ކޮށްފައި ވަނީ ދަތުރުވެރިޔާގެ ފަރާތުންނެވެ. ލެޕްޓޮޕް ސްޕޮންސަރކޮށްފައި ވަނީ ކުލިކް ކޮމްޕިއުޓަރސް އިންނެވެ.
ރެހެންދި ސްކޫލުގެ ޕީޓީއޭއިން އިންތިޒާމް ކުރާ މި ސޭލް ކޮންމެ އަހަރަކު ވެސް ބާއްވައެވެ. މިއީ ދަރިވަރުންނާއި ސްކޫލުގެ ތަރައްޤީއަށް ބޭނުންވާ ކަންތައްތަކަށް ބޭނުންވާ ފައިސާ ހޯދަން ކުރިއަށް ގެންދާ ހަރަކާތެކެވެ.
advertisment
ހިޔާލު