އަންނަ ނޮވެމްބަރު/ ޑިސެމްބަރު ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އިންގްލިޝް ގެ ނޯމަލް އެންޓްރީގެ އެޕްލިކޭޝަން އަލުން ހުޅުވާލައިފިއެވެ.
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ބުނީ އިންގްލިޝް ގެ ނޯމަލް އެންޓްރީގެ އެޕްލިކޭޝަން ދޫކުރުމާއި ފައިސާ ބަލައިގަތުން އޮކްޓޫބަރު 02 ވާ ބުދަ ދުވަހުގެ 12:00ގެ ނިޔަލަށް އެ މިޑިޕާޓްމަންޓުން ކުރިއަށް ގެންދާނެ ކަމަށެވެ.
އިންގްލިޝް ގެ ނޯމަލް އެންޓްރީގެ އެޕްލިކޭޝަން އަލުން ހުޅުވާލީ ގިނަ ފަރާތްތަކަކުން އިމްތިހާނުގައި ބައިވެރިވުމަށް އެދެމުންދާތީ ކަމަށް ޕަބްލިކް އެގްޒެމިނޭޝަނުން ބުނެއެވެ.
އެ ޑިޕާޓްމަންޓުން ބުނީ، އެޕްލިކޭޝަން ފޯމް މި ޑިޕާޓްމަންޓް ގެ ކައުންޓަރުން (ހ.އަސްރަފީވިލާ، ދެވަނަ ފަންގިފިލާ، މަޖީދީމަގު) ލިބެން ހުންނާނެއެވެ. އޮންލައިންކޮށް އެޕްލިކޭޝަން ހުށައަޅުއްވާނަމަ މެއިލް ކުރާނީ info@dpe.edu.mv އަށެވެ. އަދި ފައިސާެ ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ބަނޑޭރި ޕޭ ޕޯޓަލް މެދުވެރިކޮށެވެ.
ފޯމު ދޫކުރުމާއި، ފޯމު ޗެކު ކުރުމާއި، ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 0830 ން 1330 އަށެވެ. ފޯމު ހުށަހަޅުއްވާ އިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއި ފޮޓޯކޮޕީއެއް ގެންނަން ޖެހޭނެ ކަމަށެވެ.
advertisment
ހިޔާލު