ފުރަތަމަ ޓާމުގެ ކިޔެވުން ނިމި ދަރިވަރުން ހަފްތާއެއްގެ ޗުއްޓީއަކަށް

ފުރަތަމަ ޓާމުގެ ކިޔެވުން ނިމި ދަރިވަރުންނަށް މިއަދުން ފެށިގެން ހަތް ދުވަހުގެ ޗުއްޓީ ލިބޭނެއެވެ. ހުރިހާ ސްކޫލްތަކެއްގައި ވެސް ފުރަތަމަ ޓާމުގެ ޓެސްޓް ނިންމައި، ދަރިވަރުންނަށް ޕޯޓް ފޯލިޔޯ މިއަދު ވަނީ ހަވާލުކޮށްފައެވެ.

ފުތަމަ ޓާމުގައި 85 ދުވަހު ދަރިވަރުން ކިޔަވާފައިވެއެވެ. ޗުއްޓީއަށްފަހު ކިޔަވެނުން ފަށާނީ އަންނަ މަހުގެ ހަ ވަނަ ދުވަހުއެވެ. ޓާމްގެ ކިޔެވުން ނިމޭނީ އަންނަ އަހަރުގެ މާޗް ހަ ވަނަ ދުވަހު އެވެ.

ދިރާސީ އަހަރު ފެށީ 96،000 އަށްވިރެ ގިނަ ދަރިވަރުންނާއެކުގައެވެ. އެއީ އެއީ 40،300 އަންހެން ދަރިވަރުންނާއި 42،700 ފިރިހެން ދަރިވަރުންނެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ ތަފާސް ހިސާބަށް ބަލާއިރު، ސަރުކާރުގެ ސްކޫލުތަކުގައި 12،662 ޓީޗަރުން ކިޔަވައި ދެމުން ގެންދާއިރު، އޭގެ ތެރޭގައި ހިމެނެނީ 10،729 ދިވެހި ޓީޗަރުންނާއި 1،933 ބިދޭސީ ޓީޗަރުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *