ފަސްޓް ގްލޯބަލް ރޮބޮޓިކްސް ޗެލެންޖުގައި ބައިވެރިވާ ޣިޔާޘުއްދީން ސްކޫލުގެ ޓީމް ގްރީސްގެ އެތެންސް އަށް ފުރައިފިއެވެ. މި މުބާރާތުގައި އެ ސްކޫލުގެ ފަސް ދަރިވަރުންނާއި ތިން އޮފިޝަލުން ބައިވެރިވެއެވެ. މި މުބާރާތުގައި ރާއްޖެއިން މި އަހަރު ބައިވެރިވަނީ ޣިޔާޘުއްދީން ސްކޫލުން އެކަންޏެވެ. މިދިޔަ އަހަރު މި މުބާރާގުގައި ބައިވެރިވީ ހިރާ ސްކޫލުންނެވެ.
190އަށް ވުރެ ގިނަ ގައުމަކުން ބައިވެރިވާ މި މުބާރާތް ކުރިއަށް ދާނީ 26 އިން 29 އަށެވެ.
މިއީ ރޮބެޓިކް މުބާރާތެއްގެ އިތުރުން،ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކަށް ހައްލުހޯދުމަށް އިޖާދީ ވިސްނުންތަކެއް ވެސް މި މުބާރާތުގައި ބައިވެރިވާ ދަރިވަރުން ހުށަހަޅަން ޖެހެއެވެ.
ރޮބެޓިކް ޗެލަންޖަކީ އެމެރިކާގެ ފަސްޓް ގްލޯބަލް ޖަމިއްޔާގެ ފަރާތުން ހުރިހާ ގައުމެއްގެ ޒުވާނުންގެ މެދުގައި ސައިންސް އެންޑް ޓެކްނޮލޮޖީ ލީޑާޝިޕާއި އިނޮވޭޝަނަށް ހިތްވަރު ދިނުމުގެ ގޮތުން މުބާރާތެއްގެ ގޮތަށް ވާދަ ކުރެވޭ ގޮތަށް ކުރިއަށް ގެންދާ މުބާރާތެކެވެ.
advertisment
ހިޔާލު