އެމްއެންޔޫގެ ފެކަލްޓީ ތަކަށް އިސްވެރިން ކަނޑައަޅައިފި

ޑީން އޮފް ސްޓޫޑެންޓްސްގެ މަޤާމަށް ލީލާ، މެރިޓައިމް ސްޓަޑީޒް އަށް ކެޕްޓަން ޒައިދު، ފައުންޑޭޝަން ސްޓަޑީޒް އަށް ނާސިހާ، ކޮންޓްރޯލަރ އޮފް އެގްޒަމިނޭޝަންސްގެ މަޤާމަށް ސަމާ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ބައެއް ފެކަލްޓީ ތަކަށް އިސްވެރިން ކަނޑައަޅައިފިއެވެ. މިއަދު އެ ޔުނިވަރސިޓީގައި ބޭއްވީ ރަސްމިއްޔާތުގައި ފެކަލްޓީތަކުގެ އިސްވެރިންނަށް މަޤާމުގެ ލިޔުމުން ހަވާލުކޮށްދެއްވީ ޑެޕިއުޓީ ޗާންސެލަރު ޑރ. އާއިޝަތު ޝެހެނާޒު އާދަމެވެ.

މަޤާމްތަކަށް އައްޔަން ކުރެއްވި ބޭފުޅުން:

ސަމާ އިބްރާހިމް ދީދީ- ކޮންޓްރޯލަރ އޮފް އެގްޒަމިނޭޝަންސް

ނާސިހާ އަބްދުލް މުހައިމިން- ހެޑް އޮފް ފައުންޑޭޝަން ސްޓަޑީޒް

ކެޕްޓަން މުޙައްމަދު ޒައިދު- ސެންޓަރ ފޯރ މެރިޓައިމް ސްޓަޑީޒް

އާޝިޔާ ލީލާ އަޙްމަދު- ޑީން އޮފް ސްޓޫޑެންޓްސް،

ކޮންޓްރޯލަރ އޮފް އެގްޒަމިނޭޝަންސްގެ މަޤާމަށް އައްޔަން ކުރެއްވި ސަމާ ފިޔަވައި އެހެން މަޤާމްތަކަށް އައްޔަން ކުރި ބޭފުޅުން އެ މަޤާމަށް އައްޔަން ކުރެއްވީ ދެވަނަ ދައުރަކަށެވެ. މިއިން ކޮންމެ މަޤާމެއްގެ މުއްދަތަކީ ހަތަރު އަހަރެވެ.

ކޮންޓްރޯލަރ އޮފް އެގްޒަމިނޭޝަންސް މަޤާމަށް އައްޔަން ކުރެއްވި ސަމާ އިބްރާހިމް ދީދީ ވަނީ، އާރޓްސް ސޯޝަލް ޕޮލިސީ އިން މާސްޓަރސް ހައްދަވާފައެވެ. ވިލާ ކޮލެޖް، މެނޭޖަރ އިންސްޓިޓިއުޓް ފޮރ އެކަޑަމިކް ޑިވެލޮޕްމަންޓުގެ މަޤާމާއި ސެގީ ޔުނިވަރސިޓީގެ ކައުންސެލަރ އިންޓަރންގެ މަޤާމާއި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސްގެ އެސިސްޓެންޓް އެގްޒަމިނޭޝަން އޮފިސަރުގެ ގޮތުގައި ފަސް އަހަރު ދުވަހު މަސައްކަތް ކުރައްވާފައެވެ.

ހެޑް އޮފް ފައުންޑޭޝަން ސްޓަޑީޒް، ނާސިހާ އަބްދުލް މުހައިމިން ވަނީ މާސްޓަރސް އޮފް އެޑިޔުކޭޝަން ފުރިހަމަ ކުރައްވާފައެވެ. ފައުންޑޭޝަން ސްޓަޑީޒްގެ އެންމެ އިސްވެރިއެއްގެ ގޮތުން މިހާރު ވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ އޭނާއެވެ. މިއީ ނާސިހާގެ ދެވަނަ ޓާމެވެ.

ސެންޓަރ ފޯރ މެރިޓައިމް ސްޓަޑީޒް ކެޕްޓަން މުޙައްމަދު ޒައިދު ސަރޓިފެކެޓް އޮފް ކޮމްޕެޓެންސީ އިން މާސްޓަރސް ހައްދަވާފައެވެ. މެރިޓައިމް ސްޓަޑީޒްގެ މިހާރުގެ އެންމެ އިސްވެރިއަކީ ވެސް އޭނާއެވެ. މިއީ ކެޕްޓަން ޒައިދުގެ ދެވަނަ ޓާމެވެ.

ޑީން އޮފް ސްޓޫޑެންޓްސްގެ މަޤާމަށް ލީލާ އަދާ ކުރައްވާ މިއީ ދެވަނަ ފަހަރެވެ. ލީލާ ވަނީ މެކުއަރީ ޔުނިވަރސިޓީން މާސްޓަރ އޮފް އާލީ ޗައިލްޑްހުޑްގެ ދާއިރާއިން މާސްޓަރސް ހައްދަވާފައެވެ. 2006 ފަނަ އަހަރުން ފެށިގެން ލީލާ ދަނީ ޤައުމި ޔުނިވަރސިޓީގައި މަސައްކަތް ކުރައްވަމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *