އެމްއެންޔޫގެ ހަތަރު ދަރިވަރުން ޕީޖީ އޮފީހުން އިންޓަރންޝިޕް ފުރިހަމަކޮށްފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރިސިޓީގެ 4 ދަރިވަރަކު އިންފޮރމޭޝަން އަދި ކޮމިޔުނިކޭޝަން ޓެކްނޮލޮޖީ ދާއިރާއިން މި އޮފީހުގެ އިންޓަރންޝިފް ޕްރޮގްރާމް ފުރިހަމަކޮށްފިއެވެ.

މި އޮފީހުގެ ކޭސް މެނޭޖްމަންޓް ސިސްޓަމް "މަފިނި" އަކީ ސަތޭކަ އިންސައްތަ ދިވެހި އުފެއްދުމެކެވެ. އަދި މި އޮފީހުގެ ކޭސް މެނޭޖްމަންޓް ސިސްޓަމް މި އޮފީހުގެ ބޭނުންތަކަށް އަޕްޑޭޓްކޮށް އަޕްގްރޭޑްކުރަނީ މި އޮފީހުގައި މަސައްކަތްކުރާ އައިސީޓީ ދާއިރާގެ ފަންނީ ބޭފުޅުންނެވެ.

އަދި މި އޮފީހުގެ ޖުމްލަ މަސައްކަތްތަކުގެ 90 އިންސައްތަ މަސައްކަތަކީ ކޭސް މެނޭޖްމަންޓް ސިސްޓަމުން ކުރާ މަސައްކަތެވެ.

އެހެންކަމުން މި އޮފީހުގައި ޤާނޫނީ ފަންނުގެ ތަޖުރިބާކާރުންގެ އިތުރުން އިންފޮރމޭޝަން އަދި ކޮމިޔުނިކޭޝަން ޓެކްނޮލޮޖީ ދާއިރާގެ ތަޖުރިބާކާރުން މަސައްކަތްކުރައްވައެވެ.

މި އޮފީހުގެ މައިގަނޑު މަސައްކަތަކީ ޤާނޫނީ މަސައްކަތްކަމުން ޤާނޫނީ ދާއިރާއިން ކިޔަވާ ދަރިވަރުންނަށް މި އޮފީހުން އިންޓާރންޝިފް ފުރުޞަތު ފަހިކޮށްދެމެވެ. ނަމަވެސް މިއީ އައިސީޓީ ދާއިރާއިން މި އޮފީހުން އިންޓާރންޝިފް ފުރުޞަތު ހުޅުވާލި ފުރަތަމަ ފަހަރެވެ.

އެގޮތުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީން ނޮމިނޭޓްކުރި 4 ދަރިވަރަކު މި އޮފީހުން 3 މަސްދުވަހުގެ އިންޓަރންޝިފް ފުރިހަމަކޮށްފައިވެއެވެ.

އެ ދަރިވަރުންނަކީ:

  1. ޏ. ފުވައްމުލައް، ދަނޑިމަގު، އަހިވަލިގެ، ރަޝްނާން މުޙައްމަދު ޝިހާބު
  2. ހ. ސިރީ، ޒާން މުޙައްމަދު ޒުލާލް
  3. ހދ. ނޮޅިވަރަން، މާވެހި، ދީމާ ޙުސައިން
  4. ހ. ދެތަނޑިމާލޮޖް، ފާތިމަތު ހަމްނާ ޢަބްދުالله ޝާން

މި ދަރިވަރުންނަށް އިންޓާރންޝިފް ފުރިހަަމަކުރިކަމުގެ ލިޔުން ޙަވާލުކޮށްދެއްވީ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޢަލީ ސަމީރެވެ.

މި ރަސްމިއްޔާތުގައި މި އޮފީހުގެ ޗީފް އައިސީޓީ އެގްޒެކެޓިވް އަޙްމަދު އާދަމްއާއި، ޤައުމީ ޔުނިވާރސިޓީގެ އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *