މުދައްރިސުން ތަމްރީނު ކުރުމުގެ ޤައުމީ ޕްރޮގްރާމާ ގުޅޭ މައުލޫމާތު މަތީ ޘާނަވީއަށް ކިޔަވާ ދަރިވަރުންނަށް ދޭން ފަށައިފިއެވެ.
މިއަދު މި ސެޝަންތައް ކުރިއަށް ގެންދިޔައީ ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން (ސީ.އެޗް.އެސް.އީ) – މާލެ އަދި ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން (ސީ.އެޗް.އެސް.އީ) – ހުޅުމާލޭގެ ދަރިވަރުންނަށެވެ. މި ސެޝަންތައް މަތީ ޘާނަވީއަށް ކިޔަވައިދޭ އިތުރު ސްކޫލުތަކުގައި ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ކުރިއަށްގެންދާނެއެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ބުނީ، މުދައްރިސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމް ކުރިއަށްގެންދާނީ ޘާނަވީ މަރުޙަލާ ނިންމާ ދަރިވަރުންނަށް އަމާޒުކޮށްގެން، މުދައްރިސްކަމުގެ ދާއިރާއަށް ވަންނަ ދަރިވަރުންގެ އަދަދު އިތުރުކޮށް، ތަމްރީނުވެފައިވާ، ފެންވަރު ރަނގަޅު، ދޭސީ މުދައްރިސުންތަކެއް ބިނާކުރުމުގެ މަޤުސަދުގައި ކަމަށެވެ.
މި ޕްރޮގްރާމްގެ ދަށުން ދަރިވަރުން ތަމްރީނުކުރުމަށް ހަމަޖެހިފައި ވަނީ، މުދައްރިސުން ލިބުން ދަތިވާ މާއްދާތަކާއި، ރަށްތައް ފާހަގަކޮށް، އެ ކަންކަމަށް ޚާއްޞަ އިސްކަމެއް ދީގެންނެވެ.
advertisment
ހިޔާލު