ޓީޗަރުންގެ ދުވަސް ފާހަގަކުރުން އޮކްޓޯބަރު 6 އާއި 10އާ ދެމެދު، ބެލެނިވެރިންގެ އަތުން ފައިސާ ނުނަގަން ވަނީ އިރުޝާދު ދީފައި

ކޮންމެ އަހަރަކު ވެސް ކުލަގަދަކޮށް ފާހަގަކުރަމުން އަންނަ ޓީޗަރުންގެ ދުވަސް މި އަހަރު ފާހަގަ ކުރުމުގައި ގެންގުޅޭނެ އުޞޫލުތަކެއް އެޑިޔުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އަންގައިފިއެވެ.

އެ މިނިސްޓްރީން ސްކޫލްތަކަށް އެންގި ސާކިއުލާގައި ބުނެފައި ވަނީ، ޓީޗަރުންގެ ދުވަސް ފާހަގަކުރަން ދަރިވަރުންނާއި ބެލެނިވެރިން އަތުން ފައިސާ ނުނަގަން އިރުޝާދު ދީފައެވެ. އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައި ވަނީ އަގުބޮޑު ހަފްލާތަކަށްވުރެ އިލްމީ އުފެއްދުންތެރި ހަރަކާތްތަކަށް އިސްކަންދީގެން ދުވަސްތައް ފާހަގަކުރުމާއި ޓީޗަރުންގެ ދުވަސް އޮކްޓޯބަރު މަހުގެ 6ން 10 އާ ދެމެދު ފާހަގަ ކުރުމާއި ދުވަހާ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތްތައް އެއް ދުވަހެއްގެ ތެރޭގައި ގެންދިއުމަށެވެ.

އަދި ބުނެފައި ވަނީ ދުވަހުގެ ހަރަކާތްތައް ކޮންމެ ދަންފަޅިއެއްގައި ވެސް 45 މިނެޓަށްވުރެ ދިގު ނުކުރުމާއި ރަސްމީ ސެޝަންގެ ތެރެއިން ދެ ގަޑިއިރަށްވުރެ ދިގު ނުކުރުމާއި ރަށުން ބޭރުގައި ހަރަކާތްތައް ނުބޭއްވުމަށެވެ.

ވަކިވަކި ޓީޗަރުންނަށް ދަރިވަރުންނާއި ބެލެނިވެރިންގެ ފަރާތުން ހަދިޔާ ނުދޭން ވެސް އެޑިޔުކޭޝާން މިނިސްޓްރީން ވަނީ އެދިފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *