ލާމަސީލުލާމު ޤުރްއާން މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ލާމަސީލުލާމު ޤުރްއާން މުބާރާތް އަންނަ އޮކްޓޫބަރ 23 ން 26 އަށް ބާއްވަން ނިންމައި، ބައިވެރިވާން ހުޅުވާލައިފިއެވެ.   މި މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ އޮކްޓޫބަރ 06 ވަނަ ދުވަހު 13:00 ގެ ކުރިން ގޫގަލް ފޯމް ފުރިހަމަކޮށް ހުށައަޅަން ޖެހެއެވެ.

ލާމު އަތޮޅު ކައުންސިލުން ބާއްވާ ލާމަސީލުލާމު ޤުރުއާން މުބާރާތް ހުޅުވާލެވިފައި ވަނީ ދެ ބަޔަކަށެވެ. އެއީ ސުކޫލްތަކުގެ ބަޔާއި، އާންމު ބައެވެ. ސުކޫލްތަކުގެ ބައިގައި ކޮންމެ ސްކޫލަކުން ބައިވެރިވެވޭނީ ގިނަވެގެން ސައުވީސް ބައިވެރިންނެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮފީގައި ބާރަ ބައިވެރިންނާ، ނުބަލާ ކިޔެވުމުގެ ގޮފީގައި ބާރަ ބައިވެރިންނެވެ. މުބާރާތުގެ އާންމު ބައި (ޤުރްއާން ކްލާސް، ޕްރީސްކޫލް، ކްލަބްޖަމްޢިއްޔާ، އާންމު ފަރުދުން) ގައި ބައިވެރި ވެވޭނީ ގޫގަލް ފޯމް ހުށަހަޅާ ތަރުތީބުން އައްޑިހަ ބައިވެރިންނެވެ. ޕްރީސުކޫލްތަކާ، ޤުރްއާން ކްލާސްތަކާ އަދި ކްލަބްޖަމްޢިއްޔާ ތަކުން ދެގޮފީގައި ގިނަވެގެން ބައިވެރި ކުރެވޭނީ ދިހަ ބައިވެރިންނެވެ.

ލާމު އަތޮޅު ކައުންސިލުން ބުނީ، ސްކޫލްތަކުގެ ބައިން ބަލައިގެން އަދި ނުބަލާ ކިޔެވުމުން ގޮފިން މުޅި މުބާރާތުން އެއްވަނައަށް ހޮވޭ ދަރިވަރަށް އަލް ބުރޫޖް ޙައްޖު އެންޑް ޢުމްރާ ގުރޫޕްގެ ހެޔޮ އެދުންތަކާއެކު ޢުމްރާ ދަތުރެއް އަދި އާންމު ބައިން މުޅި މުބާރާތުން އެއްވަނައަށް ހޮވޭ ބައިވެރިޔާއަށް އަލްޙިޖްރަ ޓްރެއިވަލްސް އެންޑް ޓްއަރސް ޕްރައިވެޓް ލިމިޓެޑްގެ ހެޔޮ އެދެންތަކާއެކު ޢުމްރާ ދަތުރެއް ހަމަޖައްސާދީފައިވާ ކަމަށެވެ.

 

ބައިވެރިވުމުގެ ފޯމް : https://www.voshufila.com/62/participate

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *