އެމްއެންޔޫގެ ފޮތް މައުރަޒު ހުޅުވައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ބާއްވާ ފޮތް މައުރަޒު މިއަދު ހުޅުވައިފިއެވެ.

ފޮތް މައުރަޒު ހުޅުވައިދެއްވީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަބްދުﷲ ނަޒީރެވެ.

އަހަރަކު އެއްފަހަރު ބާއްވާ މި މައުރަޒުގައި މި އަހަރު 28 ފަރާތަކުން ބައިވެރިވެފައިވެއެވެ. މީގެ ތެރޭގައި ޤައުމީ ޔުނިވަރސިޓީގެ ސްޓޯލަކާއި ޔުނިވަރސިޓީގެ ސްޓޫޑެންޓް ޔޫނިއަންގެ ސްޓޯލެއް ހިމެނެއެވެ.

ފޮތް މައުރަޒު މިއަދުން ފެށިގެން ހޮނިރު ދުވަހު ކުރިއަށް ދާނެއެވެ. ރަށްދެބައި ހިނގުމުގައި ހުންނަ ޔުނިވަރސިޓީގެ މައި ކެމްޕަހުގައި ކުރިއަށް ގެންދާ މި މައުރަޒު ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހަކު ހަވީރު 4:00 އިން އިރުއޮއްސި 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ.

ޤައުމީ ޔުނިވަރސިޓީން ބުނީ، މައުރަޒުގެ މަޤްޞަދަކީ ދިވެހި ފޮތް ލިޔުންތެރިންނަށާއި ދިވެހި ފޮތްތަކަށް މާކެޓު ހޯދައިދީ، ފޮތް ވިއްކޭނެ ފަހި ފުރުޞަތުތަކެއް ހޯދައިދިނުމެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *