އެމްއެންޔޫގެ ފޮތް މައުރަޒުގެ ތެރެއިން ކުޑަކުދިންގެ ހަވީރެއް

އެމްއެންޔޫގެ ފޮތް މައުރަޒުގެ ތެރެއިން ކުޑަކުދިންނަށް ޚާއްޞަ ކޮށްގެން ބައްވާ ކުޑަކުދިންގެ ހަވީރު އޮންނާނީ ހުކުރު ދުވަހު ހަވީރުއެވެ. އެމްއެންޔޫގެ ސެންޓްރަލް އެޑްމިނިސްޓްރޭޝަންގައި ބާއްވާ މި ހަވީރު ކުރިއަށް ދާނީ ހަވީރު 4:00ން 6:00 އަށެވެ.

މިއީ ފޮތް މައުރަޒުގެ ތެރެއިން ކުދިންނަށް އުފާވެރި މާހައުލެއް ހޯދައިދީ، މަޖާ މާހައުލެއްގައި ތަފާތު ކުޅިވަރުތައް ކުޅުމުގެ ފުރުޞަތު ކުދިންނަށް ހޯދައި ދޭން އިންތިޒާމް ކުރާ ހަވީރެކެވެ.
އެމްއެންޔޫއިން ބުނީ، މިދިޔަ އަހަރު ބޭއްވި ކުޑަކުދިންގެ ހަވީރަށް ވެސް ބޮޑު ތަރުޙީބެއް ލިބުނު ކަމަށެވެ.

އެމްއެންޔޫގެ ފޮތް މައުރަޒު މާދަމާ ހަވީރު ފަށާއިރު، 25 ފަރާތަކުން ބައިވެރިވެފައިވެއެވެ. މި އަހަރުގެ ތީމަކީ " އެއްދުވަސްވަރެއްގައި އުޅުނޯ" އެވެ. ފޮތް މައުރަޒު ކުރިއަށް ދާނީ މާދަމާއިން ފެށިގެން ހޮނިހިރު ދުވަހަށެވެ. ވަގުތަކީ ހަވީރު 4ން 6އަށް އަދި ރޭގަނޑު 8ން 10އަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *