ރާއްޖޭގެ 561 ދަރިވަރުންނަށް މެލޭޝިޔާގައި ކިޔެވުމުގެ ފުރުޞަތު

މެލޭޝިޔާގެ އީއެމްޖީއެސްއާ އެކު ސޮއިކުރި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ 561 ދަރިވަރުންނަށް މެލޭޝިޔާގައި ކިޔެވުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

މެލޭޝިޔާގެ އީއެމްޖީއެސްއާ އެކު ވި އެއްބަސްވުމުގެ ދަށުން، ދިވެހިރާއްޖޭގެ 561 ދަރިވަރުންނަށް މެލޭޝިޔާގެ ޔުނިވާސިޓީތަކުގައި، އާރޓްސް އެންޑް ހިއުމަނިޓީސް، އިންޖީނިއަރިންގ އެންޑް ޓެކްނޮލޮޖީ، ލައިފް ސައިންސެސް އެން މެޑިސިން، ނެޗުރަލް ސައިންސެސް، ސޯޝަލް ސައިންސެސް، މެނޭޖްމަންޓް ފަދަ އެތަށް ދާއިރާއަކުން ތަޢުލީމު ހާޞިލުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާއިފައެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު، ޑރ. މަރިޔަމް މާރިޔާ ވިދާޅުވީ،

އެ އެއްބަސްވުމަކީ ހަމައެކަނި މާލީ އެހީފޯރުކޮއްދިނުމުގެ ގޮތުން ސޮއިކުރެވޭ އެއްބަސްވުމެއް ނޫންކަމަށާއި، އެ އެއްބަސްވުމުން ރަމްޒުކޮއް ދެނީ ތަޢުލީމީ ދާއިރާގެ ކުރިއެރުން ކަމަށެވެ.

ޑރ. މާރިޔާ ވިދާޅުވީ، މެލޭޝިޔާއަކީ ފެންވަރު ރަނގަޅު މަތީ ތަޢުލީމެއް ފޯރުކޮއްދެމުން އަންނަ ޤައުމެއްކަމާއި، މިފަދަ އެއްބަސްވުމަކީ ދިވެހި ރާއްޖޭއާއި މެލޭޝިޔާއާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ދިވެހި ދަރިވަރުންނަށް ފެންވަރު ރަނގަޅު މަތީ ތަޢުލީމާއި ތަމްރީނު ހާޞިލުކުރުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށެވެ. އެގޮތުން، މި އެއްބަސްވުމުގެ ދަށުން، އެ ޤައުމުގެ ޔުނިވާސިޓީތަކާއި އެހެނިހެން މަތީ ތަޢުލީމު ފޯރުކޮއްދޭ މަރުކަޒުތަކުން ތަޢުލީމު ހާޞިލުކުރުމަށް އެދޭ ދަރިވަރުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން ހަމަޖައްސާފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މެލޭޝިޔާގެ ސަރުކާރުން ތަޢުލީމީ ކުރިއެރުމަށް ދެއްވާ އެއްބާރުލުމަށް ޝުކުރު ޢަދާކުރައްވާކަމަށާ، ދިވެހިރާއްޖެއާއި މެލޭޝިޔާއާއި ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް އެދޭ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *