އެމްއެންޔޫގެ ފޮތް މައުރަޒުގައި 25 ފަރާތަކުން ބައިވެރިވެއްޖެއެވެ. އަންނަ ބުރާސްފަތި ދުވަހު ފަށާ މި މައުރަޒު މައުރަޒުގެ ތީމަކީ " އެއްދުވަސްވަރެއްގައި އުޅުނޯ" އެވެ.
އެމްއެންޔޫއިން ބުނީ ސެޕްޓެމްބަރު މަހުގެ 12ން 14އަށް ކުރިއަށް ދާ މި މައުރަޒާ ގުޅުވައިގެން އަންނަ ހުކުރު ދުވަހު ހަވީރު ކުޑަކުދިންގެ ހަވީރެއްވެސް ކުރިއަށް ގެންދާނެ ކަމަށެވެ. މި މައުރަޒުގައި ކުޑަކުދިންނަށް ކަމުދާނެ ތަފާތު ވައްތަރުގެ މަޖާ ގޭމްތައް ހިމެނޭނެ ކަމަށް އެމްއެންޔޫއިން ބުނެއެވެ.
ފޮތް މައުރަޒު ކުރިއަށް ގެންދާނީ ކޮންމެ ދުވަހަކު ހަވީރު 16:00ން 18:00އަށް އަދި 20:00ން 22:00އަށެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ބާއްވާ ފޮތް މައުރަޒަކީ ފޮތް އުފައްދާމީހުންނާއި ވިއްކާމީހުންނާއި ގަންނަމީހުންގެ ބާޒާރެކެވެ. މި މައުރަޒަކީ ދިވެހި ލިޔުންތެރީން ތަފާތު ބަސްތަކުން ލިޔެފައިވާ ފޮތްތައް ކިޔުންތެރީންނާ ހަމައަށް ފޯރުކޮށްދޭންދެވޭ ފުރުޞަތެކެވެ.

އެމްއެންޔޫއިން ބުނީ، މި މައުރަޒުގެ މަޤްޞަދަކީ، ދިވެހި ލިޔުންތެރިންނަށް އެ ފަރާތްތަކުގެ ހުނަރު އާންމުންނަށް ދައްކާލެވޭނޭ ފުރުޞަތު ތަނަވަސްކޮށްދިނުމާއި ޕަބްލިޝް ޝާއިޢު ނުކުރެވި ހުރި އައު ފޮތް ފަދަ އާލާތްތައް އާންމުންނާ ހަމައަށް ގެނެސް ދެވޭނޭ މާޙައުލެއް އުފެއްދުމެވެ. އަދި ފޮތަށް އަހުލުވެރިކުރުވުމާއި ފޮތް ކިޔުމުގެ އާދަ އުފައްދާ ދެމެހެއްޓުމުގެ ޝަޢުގު އުފެއްދުމާއި ފޮތް ވިއްކުމަށް ބޭނުންވާ ލިޔުންތެރިންނަށް އެފުރުސަތު ފަހިކޮށްދީ އެފަދަ މާޙައުލެއް އުފެއްދުމެވެ.
އެމްއެންޔޫ ފޮތް މައުރަޒުގައި ބައިވެރިވުން މިފަހަރުވެސް ހުޅުވާލެވިފައި ވަނީ އެއްވެސް ފީއެއް ނުނަގާ ހިލެއެވެ. ޤައުމީޔުނިވަރސިޓީން ދަނީ މިފަހަކަށް އައިސް މިކަހަލަ ވަރަށް ގިނަ ހަރަކާތްތަކެއް ޤައުމު ބިނާ ކުރުމަށްޓަކައި އެކި އެކި ނަންނަމުގައި ބާއްވަމުންނެވެ.
advertisment
ހިޔާލު