އޭލެވެލްގެ ގަދަ ދިހައެއްގައި 376 ދަރިވަރުން ހިމެނޭ
މިދިޔަ އަހަރު ބޭއްވި އެޑެކްސެލްގެ އޭލެވެލްއާއި އެޗްއެސްސީ އިމްތިޙާނުގެ ޤައުމުގައި ގަދަ ދިހައެއް ހޮވާ ޖަލްސާ މި މަހު 12ގައި ބާއްވަން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ނިންމައި ދަރިވަރުންނަށް އެންގަން ފަށައިފިއެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ދަރިވަރު ނޫހަށް މިއަދު މައުލޫމާތު ދިން ގޮތުގައި، ގަދަ ދިހައެއްގައި 376 ދަރިވަރުން ހިމެނެއެވެ. ގަދަ ދިހައެއްގެ އެއްވަނައިގައި ހަތަރު ސްކޫލަކުން 17 ދަރިވަރުން ހިމެނެއެވެ. އެއްވަނައިގައި އެންމެ ގިނަ ދަރިވަރުން ހިމެނުނީ ސީއެޗްއެސްއީ އާއި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުންނެވެ. ކޮންމެ ސްކޫލަކުން ހަ ދަރިވަރުން އެއްވަނައިގައި ހިމެނުނު އިރު ދެން ހިމެނުނީ އަޙްމަދިއްޔާގެ ހަތަރު ދަރިވަރުންނާއި އަރަބިއްޔާ ސްކޫލުގެ ދަރިވަރެކެވެ.

މި ޖަލްސާގައި އޭލެވެލްގެ ބްރިލިއަންސް އެވޯޑް ވެސް ދޭނެއެވެ. ސީއެޗްއެސްއީގެ 19 ދަރިވަރުންނަށް ބްރިލިއަންސް އެވޯޑް ލިބެއެވެ. ވިލާ ހައި ސްކޫލުގެ 14 ދަރިވަރުންނަށް ބްރިލިއަންސް އެވޯޑް ލިބޭއިރު، އަޙްމަދިއްޔާގެ 9 ދަރިވަރުންނަށް ބްރިލިއަންސް އެވޯޑް ލިބެއެވެ.
އޭލެވެލްގެ އެއްވަނައިގައި ހިމެނުނު ދަރިވަރުން:
ވިލާ ހައި ސްކޫލް
* ތީބާ އަލީ ޝަފީޢު
* މައިހާ ހަސަން މުޙައްމަދު–
* ރަޔާން އަޙްމަދު އަލީ–
* އަޙްމަދު ޒާހު ވަދީފު–
* އައިޝަތު ޖަނާން އަޙްމަދު
* އައިޝަތު ލީޝާ ސައީދު
ސީއެޗްއެސްއީ
-
ހަސަން ބަނީން ސަރޫފު-
-
މުޙައްމަދު ޝާމިޚް ޝަފީޤު-
-
މުޙައްމަދު އަބާން-
-
އަލީ ސައުދާން ޝާހީން-
-
މުޙައްމަދު ލޫޠު އިބްރާހިމް ޒިޔާއު
-
އަބްދުﷲ ޒަޔާން ޒުހުރީ
އަޙްމަދިއްޔާ
* އަބްދުﷲ ފިރުޒާން އަޙްމަދު
* ރަޒާން އިބްރާހިމް ރަޝީދު–
* ޔުމްނު ޔަމާން އަލީ
* ލަޔާން މުޙައްމަދު ރަޝީދު
އަރަބިއްޔާ ސްކޫލް
-
ޙުސައިން ވާއިލް މުޙައްމަދު
advertisment
ހިޔާލު