ދިގު ރާގަށް ޤުރުއާން ކިޔަވަން ސަލްމާން މިސްކިތުގައި ބާއްވާ "މަޤާމާތުލް ޤުރްއާނިއްޔާ" ގައި ގިނަ ކުދިން ތަކެއް ބައިވެރިވެއްޖެއެވެ.

މިއީ ޤުރުއާން ކިޔަވަން ލޯބި ޖެއްސުމާއި ފެންވަރު ރަނގަޅު ޤާރީން ބިނާކުރުމަށް މަގު ފަހިކުރަން، ކޮންމެ ހުކުރު ދުވަހެއްގެ ރޭ އިޝާ ނަމާދު ފަހު، ސަލްމާން މިސްކިތުގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ފެށީ މިދިޔަ ހުކުރު ދުވަހުގެ ރޭ ގައެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މިދިޔަ ހަފްތާގައި ވިދާޅުވެފައި ވަނީ، ޤުރުއާން ކިޔަވަން ލޯބި ޖެއްސުމާއި ފެންވަރު ރަނގަޅު ޤާރީން ބިނާކުރުމަށް މަގު ފަހިކުރަން، ކޮންމެ ހުކުރު ދުވަހެއްގެ ރޭގައި އިޝާ ނަމާދު ފަހުން ސަލްމާން މިސްކިތުގައި ދިގު ރާގަށް ޤުރުއާން ކިޔަވާ ބައްދަލުވުން ކުރިއަށް ގެންދާނެ ކަމަށާއި ކުޅަދާނަ ޒުވާން މޮޅު ޤާރީން ތިލާވަތު އެ މަހެފިލްގައި ފެނިގެންދާނެ ކަމަށެވެ.

މިރޭ ކުރިއަށް ގެންދިޔަ "މަޤާމާތުލް ޤުރްއާނިއްޔާ" ގައި 40 އަށްވުރެ ގިނަ ކުދިން ބައިވެރިވެފައިވެއެވެ.
advertisment
ހިޔާލު