ޞަލާޙުއްދީނުގެ އެންމެ މޮޅު ދަރިވަރަށް އަސްކޮއި ޓްރެވެލްސް އިން އުމްރާ ދަތުރެއް ދެނީ

ޞަލާޙުއްދީން ސުކޫލުން ފުރަތަމަ ފަހަރަށް ސާނަވީ އިމްތިހާނު ނިންމާ ދަރިވަރުންގެ ތެރެއިން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް، އަސްކޮއި ޓްރެވެލްސް ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އުމްރާ ދަތުރެއް ދޭން ނިންމައިފި އެވެ.

އެކަން ޢިއުލާނު ކުރީ އެ ސުކޫލްގައި ދަރިވަރުންނާއެކު ބޭއްވި އެސެމްބްލީގަ އެވެ. އެ އެސެމްބްލީގައި އަސްކޮއި ގްރޫޕުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޖަމީލާ އަލީ އެވެ. ޞަލާޙުއްދީން  ސުކޫލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސުކޫލްގެ ޕްރިންސިޕަލް ނާޞިޙާ އިދްރީސް އެވެ.

ސުކޫލްގެ ޕްރިންސިޕަލް ވިދާޅުވީ، އަސްކޮއި ޓްރެވެލްސްގެ ފަރާތުން ލިބުނު ހަދިޔާ އަކީ، ދަރިވަރުންނަށް ކިޔެވުމުގައި ކާމިޔާބީ ހޯދަން ލިބުނު އިތުރު ހިތްވަރެއް ކަމަށެވެ. އެކަމަށްޓަކައި އޭނާ ވަނީ އަސްކޮއި ޓްރެވެލްސް ސަރވިސަސް ޕްރައިވެޓް ލިމިޓެޑަށް ޝުކުރު އަދާކުރައްވާފައެވެ.

ނާސިޙާ ވިދާޅުވީ، އަސްކޮއި އިން ދޭ އުމުރާ ދަތުރުގެ ސަބަބުން ރަނގަޅު ނަތީޖާއަކަށް ވާސިލުވުމަށް ދަރިވަރުންގެ މެދުގައި ގަދައަޅައި މަސައްކަތްކުރުމުގެ ރޫޙު އިތުރުވެގެން ދާނެ ކަމަށެވެ.

ރާއްޖޭގައި މި ވަގުތު އާބާދީ އެންމެ ބޮޑު އެއް ސުކޫލުގެ ގޮތުގައި ބެލެވޭ ޞަލާޙުއްދީން  ސުކޫލުގެ ކިޔެވުން 2023 ވަނަ އަހަރުގެ ފެށީ ގުރޭޑް 9ން ނެވެ. މި އަހަރަކީ އެ ސްކޫލުގައި ގުރޭޑް 10އަށް ކިޔަވަން ފެށި އަހަރެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *