އިފްތިތާހުގެ އެއްވަނަ ދަރިވަރުންނަށް ސަމާ އާއި ސޯފިޔާ

ޅ. ނައިފަރުގައި ހުންނަ މަދަރަސަތުލް އިފްތިތާހުގެ އެންމެ މޮޅު ދަރިވަރުންގެ ގޮތުގައި އާމިނަތު ސަމާ އަބްދުއް ލަތީފު އާއި މަރިޔަމް ސޯފިޔާ އަޙްމަދު ހޯދައިފިއެވެ.

ނަވީން އެއްވަނަ ސަމާއެވެ. މަތީ ސާނަވީން އެއްވަނަ ހޯދީ ސޯފިޔާއެވެ.

މަތީ ސާނަވީން އެއްވަނަ ހޯދި ސޯފިޔާ- ފޮޓޯ: އިފްތިތާޙް

އެއްވަނަ އަށް ދަރިވަރުންނަށް އިނާމް ދެއްވީ އެ ސްކޫލުގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވި ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމެވެ.

ސާނަވީން އެއްވަނަ ހޯދި ސަމާ ކިޔަވަމުން އަންނަނީ އެ ސްކޫލުގެ ގުރޭޑް 11 ގައެވެ. އޭނާ އަކީ މިހާރު އެ ސްކޫލުގެ ޑެޕިއުޓީ ކެޕްޓަނެވެ.

މަދަރަސަތުލް އިފްތިތާހުން މިދިޔަ ދިރާސީ އަހަރު 63 ދަރިވަރުން ސާނަވީގައި ބައިވެރިވިއެވެ. އޭގެ ތެރެއިން ގަދަ ދިހައެއްގައި ދެ ދަރިވަރުން ބައިވެރިވިއެވެ. އެ އިމްތިޙާނުގައި ސައިންސް ސްޓްރީމްގައި ބައިވެރިވި 86 އިންސައްތަ ދަރިވަރުން ފަސް މާއްދާއިން ފާސްވިއެވެ. އެއީ ކުރީ އަހަރާ އަޅާބަލާއިރު 43 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި ބިޒްނަސް ސްޓްރީމްގައި ބައިވެރިވި 43 އިންސައްތަ ދަރިވަރުން ފާސްވިއެވެ. އެއީ ކުރީ އަހަރަށްވުރެ އަށް އިންސައްތައިގެ ކުރިއެރުމެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *