ދ. އޭއީސީން އެއްވަނަ މިޝްކާއާއި ނަޝާޔާއަށް

ފާއިތުވި 2022-2023 ވަނަ އަހަރު ދ. އަތޮޅު ތަޢުލީމީ މަރުކަޒުން އެންމެ މޮޅު ދަރިވަރުންނަށް އާއިޝަތު މިޝްކާ އަލީ ނާޒިމް އާއި މ މަރްޔަމް ނަޝާޔާ އަލީ ޝަކީބު ހޮވައިފިއެވެ. މިޝްކާ އެއްވަނަ ހޯދީ ސާނަވީންނެވެ. ނަޝާޔާ އެއްވަނަ ހޯދީ މަތީ ސާނަވީންނެވެ.

ފާއިތުވި އަހަރު އެ ސްކޫލުގެ، ހަ ދަރިވަރުން ސާނަވީގެ ގަދަ ދިހައެއްގައި ހިމެނިފައިވެއެވެ. އަދި މަތީ ސާނަވީގެ ގަދަ ދިހައެއްގައި ހަތަރު ދަރިވަރުން ހިމެނިފައިވެއެވެ.

ސާނަވީން އެއްވަނައަށް ދިޔަ މިޝްޤާ ކިޔަވަމުން އަންނަނީ އެ ސްކޫލުގެ ގުރޭޑް 11 ގައެވެ. މިޝްކާ ވަނީ އެ ސްކޫލުގެ ވައިސް ކެޕްޓަން ކަން މީގެ ކުރިން ކޮށްފައެވެ. މިހާރު އެއީ އެކްޓިވިޓީސް ކެޕްޓަނެވެ.

ނަޝާޔާ ވަނީ ސްޓޫޑެންޓް އެސޯސިއޭޝަންގެ ނާއިބު ރައީސްކަމާއި ހައުސްގެ ކެޕްޓަންކަން ކޮށްފައެވެ. އޭނާ ތައްޔާރުވަމުން ދަނީ، ބޭންކިން ދާއިރާއިން މެލޭޝިޔާގެ ސަންވޭ ޔުނިވަރސިޓީން ކިޔަވާށެވެ.

އެއްވަނަ ލިބުމުން، ދަރިވަރުންނަށް މިޝްކާ ބުނީ، މަންމައާއި ބައްޕަގެ ނަޞޭހަތްތައް ކަނުލައި އަޑުއަހައި އެއަށް އަމަލު ކުރުމަށެވެ. އެ ދެމީހުން ތިޔަ ކުދިންނަށް އެދޭނީ ހެވާއި ލާބަ ދައްކައިދޭނީ އަލިމަގުތައް ކޮށައި ދޭނީ ފަހި ރާސްތާއެއް ކަމަށެވެ. އަދި ތިޔަކުދިންގެ އުޅުމާއި ގުޅުންތަކުން ތަރުބިއްޔަތުވެ އިސްލާމީ ރިވެތި ގޮތްތަކަށް އިސްކަންދޭންވާނެ ކަމަށް މިޝްކާގެ ނަޞޭހަތުގައި ދަރިވަރުންނަށް ހަނދާންކޮށް ދިނެވެ.

ނާޝާޔާ ވެސް ބުނީ ކާމިޔާބު ލިބޭނީ މަންމައާއި ބައްޕަ އަދި މުދައްރިސުންދޭ އިރުޝާދުތަކަށް ބޯލަބައިގެން ހިތްވަރާއެކު މަސައްކަތް ކޮށްގެން ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *