މާފަރު ސްކޫލުގެ "އަލްފުރްސާން" ހިފްޒު ޕްރޮގްރާމުގެ ފުރަތަމަ އިމްތިހާނުން 14 ދަރިވަރުން ފާސްވެއްޖެ

މާފަރު ސްކޫލުގެ "އަލްފުރްސާން" ހިފްޒު ޕްރޮގްރާމުގެ ފުރަތަމަ އިމްތިހާނުން 14 ދަރިވަރުން ފާސްވެއްޖެއެވެ. " އަލްފުރްސާން" ގެ ނަމުގައި ހިފްޒުކުރުމުގެ ޕްރޮގްރާމް އެ ސްކޫލުގައި ފެށީ 13 މިދިޔަ ޖޫން މަހުއެވެ.

މާފަރު ސުކޫލު ދަރިވަރުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބިޖެއްސުމަށާއި ޤުރުއާން ހިތުދަސް ގިނަ ދަރިވަރުންތަކެއް އުފެއްދުމުގެ މާތް މަޤުސަދުގައި ފެށުނު މި ޕްރޮގުރާމުގެ ފުރަތަމަ އިމްތިހާނު ނިންމައި މިއަދު ވަނީ ނަތީޖާ ފާޅުކޮށްފައެވެ.

މި ކަމަށް މިއަދު ބޭއްވި ޚާއްސަ އެސެމްބްލީ ޝަރަފުވެރިކޮށް ދެއްވީ އަލްޙާފިޒް އައުފް ޢަބްދުއްސަތާރެވެ. މި އެސެމްބްލީގައި މާފަރު ސުކޫލުގެ ޤުރުއާން- އިސްލާމް ކުލަބުގެ އިންޗާޖު އައްޝައިޚު ޢަބްދުﷲ ޢާމިރު ވާހަކަފުޅު ދެއްކެވިއެވެ. ޝެއިޚުގެ ވާހަކަފުޅުގައި ޤުރުއާން ކިޔެވުމުގެ މުހިންމުކަމާއި ޤުރުއާން ކިޔަވައި ހިތުދަސްކުރުމުގެ ޘަވާބާއި ދަރުމައިގެ މަތިވެރިކަމުގެ މައްޗަށް އަލިއަޅުވައި ލެއްވިއެވެ. އަދި ދަރިވަރުންނަށާއި ބެލެނިވެރިންނަށް މި ކަމުގައި ކުރިއަށް ދިޔުމަށް ހިތްވަރު ދެއްވިއެވެ.

[އަލްފުރްސާން]ގެ ނަމުގައި މާފަރު ސުކޫލުން މި އަހަރު ފެށި ހިފްޒު ޕްރޮގްރާމު ސްޕޮންސަރ ކޮށްދެއްވީ މާފަރަށް ގިނަގުނަ ޚިދުމަތްކުރައްވާފައިވާ މާފަރުގެ ދަރިއެއްކަމުގައިވާ، އަބްދުލް ޙަމީދު ޢަބްދުއްރަޙްމާނެވެ. [އަލްފުރްސާން] ހިފްޒު ޕްރޮގްރާމުގެ ފުރަތަމަ އިމްތިހާނުގެ ނަތީޖާ ފާޅުކުރުމަށް މިއަދު ބޭއްވި ޚާއްސަ އެސެމްބްލީގައި، ފާސްވި ދަރިވަރުންނަށް ފައިސާގެ އިނާމާއި ހަނދާނީ ސެޓްފިކެޓް އަދި ޓްރޮފީ ހަވާލުކުރެވުނެވެ. މީގެއިތުރުން ފުރަތަމަ އިމްތިހާނުން ފާސްވި ދަރިވަރުންނަށް ޓީލް އިންވެސްޓްމަންޓްގެ ފަރާތުން ފައިސާގެ އިނާމު ދެއްވިއެވެ. އެގޮތުން ހިތުދަސްކުރި ކޮންމެ ފޮތަކަށް 500 ރުފިޔާގެ މަގުން ދަރިވަރުންނަށް ޓީލް އިންވެސްޓްމަންޓްގެ ފަރާތުން ވަނީ ފައިސާގެ އިނާމު ދެއްވާފައެވެ.

[އަލްފުރްސާން] ހިފްޒު ޕްރޮގްރާމުގެ ފުރަތަމަ އިމްތިހާނުން ޖުމުލަ 14 ދަރިވަރުން ވަނީ ފާސްވެފައެވެ. ނަތީޖާއަށް ބަލާއިރު، ދެ ދަރިވަރަކު ވަނީ ބައި ފޮތް ހިތުދަސްކޮށްފައެވެ. އެއީ ފައުންޑޭޝަން ސްޓޭޖުން، ޙުސައިން ޔުމާން ބިން ހާމިދު ރަޝީދު އާއި ނަޔިކް ނީސާމް ޢަލީއެވެ. މީގެއިތުރުން 9 ދަރިވަރަކު ވަނީ އެއް ފޮތް ހިތު ދަސްކޮށްފައެވެ.

އެއް ފޮތް ހިތުދަސްކުރި ދަރިވަރުން:

ހިންދު ބިންތު އިސްމާޢީލް (ގުރޭޑް 2)،

މީޝަލް މުޙައްމަދު (ގުރޭޑް 8)،

އިލާން މުޙައްމަދު (ގުރޭޑް 3)،

ޔޫސުފް އަދްޔަން، (ގުރޭޑް 3)،

އައްމާރު ބިން ޢަބްދުﷲ ޢާމިރު (ގުރޭޑް 3)،

އަމްރާ ބިން ޢަބްދުﷲ ޢާމިރު (ގުރޭޑް 7)،

ޒާރާ މުޙައްމަދު (ގުރޭޑް 10)،

ލަމްސާ މުޙައްމަދު (ގުރޭޑް 10)

ޙުސައިން ޒަލަފް (ގުރޭޑް 4)

ދެ ފޮތް ހިތުދަސްކޮށްފައިވަނީ އަދާ ޢުމަރު (ގުރޭޑް 7) އަދި ކައިސް ބިން އިބްރާހީމް ފަލާޙު (ގުރޭޑް 5)އެވެ. ފުރަތަމަ އިމްތިހާނުން 3 ފޮތް ހިތުދަސްކޮށްގެން ފާސްވެފައިވަނީ ގުރޭޑް 9ގެ ދަރިވަރު، އައިޝަތު އައިނީ ރިޟްވާނެވެ. މި ޕްރޮގްރާމުގެ ދެވަނަ އިމްތިހާނު ކުރުން ދެން އޮންނާނީ އޮކްޓޯބަރު މަހުގެ 9 ގައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *