ގިނަ ކުދިންތަކަކަށް ފަތަންދަސްކޮށްދެމުން އަންނަ ނައުފަލް އަށް ޚިދުމަތުގެ ޝަރަފު

24 އަހަރު ތެރޭ 30،000 ކުދިންނާއި ދަރިވަރުންނަށް ފަތަން ދަސްކޮށްދެވިފައި ވާނެ ކަމަށް ނައުފަލް ބުނޭ

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އަތޮޅުތަކުގައި ހިންގާ ފަތަމާ ހިނގާ ޕްގޮރާމުގެ އެމްބެސެޑަރ ނައުފަލް މޫސާގެ ޚިދުމަތުގެ އަގުވަޒަންކޮށް ޚިދުމަދުގެ ޝަރަފު ދީފިއެވެ.

މިޝަރަފު ނައުފަލް އާ ހަވާލުކޮށް ދެއްވީ، ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއްސައްތާރުއެވެ.

ޚިދުމަތުގެ އަގުވަޒަން ކުރުމާ ގުޅިގެން ދަރިވަރު ނޫހަށް ނައުފަލް މިއަދު ބުނީ، ފާއިތުވި 24 އަހަރު ދުވަހުގެ ތެރޭގައި، އޭނާގެ ޚިދުމަތް ނުލިބި ވާނީ މަދު އަތޮޅަކަށް ކަމަށެވެ. އުމުރުން ސޯޅަ އަހަރުގައި ފަތަން ދަސްކޮށްދޭން ކުރި މަސަކަތުން މިހާތަނަށް 30،000 އާ ގާތްކުރާ އަދަދަކަށް ކުދިންނާއި މީހުންނަށް ފަތަން ދަސްކޮށް ދެވިއްޖެ ކަމަށް ނައުފަލް ބުންޏެވެ.

ނައުފަލުގެ ޤައުމީ ޚިދުމަތް ފާހަގަކޮށް، ކުޅިވަރުގެ ދާއިރާއިން ކުޅިވަރު ހިންގުމާއި މީހުން ބިނާކުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ ޤައުމީ އިނާމް 2018 ވަނަ އަހަރު ސަރުކާރުން ވަނީ ދީފައެވެ.

ނައުފަލް ބުނީ، އެއް ސްކޫލަކުން އެންމެ ގިނަ އަދަދެއްގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދީފައި ވަނީ ޅ. ނައިފަރުގައި ހުންނަ މަދަރުސަތުލް އިފްތިތާޙުގެ ދަރިވަރުންނަށެވެ. އެ ސްކޫލުގެ 680 ދަރިވަރުންނަށް އޭނާ ވަނީ ފަތަން ދަސްކޮށްދީފައެވެ.

ނައުފަލް ބުނީ ފ. އާއި ވ. އަތޮޅަށް އޭނާއަށް އަދި ނުދެވޭ ކަމަށެވެ.

" އަދި ނުދެވޭ އަތޮޅުތައް އެބަހުރި. އޭގެ ތެރޭގައި ވ. އާއި ފ އަތޮޅު ހިމެނޭ" އެ ދެއަތޮޅުގައި ވެސް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމް ކުރިއަށް ގެންދާނެ ކަމަށް ނައުފަލް ބުންޏެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *