އުނގޫފާރު ސްކޫލަށް އެ ރަށު ކައުންސިލުން 10 ކޮމްޕިއުޓަރު ސިސްޓަމް ހަދިޔާކޮށްފިއެވެ.
އުނގޫފާރު ސްކޫލުން ބުނީ، އެރަށު ކައުންސިލުން ދިން ކޮންޕިއުޓަރު ސިސްޓަމްތަކަކީ އެ ސްކޫލުގެ ކޮމްޕިއުޓަރ ލެބުގެ ޚިދުމަތް ފުޅާކުރުމަށާއި ދަރިވަރުންގެ ކިޔެވުން ނުހުއްޓި ކުރިއަށް ދިއުމަށް ލިބުނު ބޮޑު އެހީއެއް ކަމަށެވެ.
އުނގޫފާރު ސްކޫލުގެ ޕްރިންސިޕަލްކަމާ ދާދި ފަހުން ހަވާލުވެވަޑައިގެންނެވި އިބްރާހިމް ނަސީމް ދަރިވަރު ނޫހަށް މިއަދު ވިދާޅުވީ، އޮޕްޝަނަލް މާއްދާއެއްގެ ގޮތުގައި ކޮމްޕިއުޓަރ ސައިންސް އެ ސްކޫލުގެ 19 ދަރިވަރުން ކިޔަވަމުން އަންނަ ކަމަށާއި ކޮމްޕިއުޓަރ ލެބްގައި މަސައްކަތް ކުރެވޭ ހާލަތުގައި ހުރީ އެންމެ ހަތަރު ސިސްޓަމް ކަމަވެ.
" ކައުންސިލުން ދިން ސިސްޓަމްތަކާއެކު އެއްފަހަރާ 14 ދަރިވަރުންނަށް މަސައްކަތް ކުރެވޭނެ. އެއީ މިހާރުގެ ހާލަތަށް ބަލާއިރު ވަރަށް ބޮޑު ކުރިއެރުމެއް. އަދި ވަރުންނަށް ލިބުނު ފަސޭހައެއް" ނަސީމް ވިދާޅުވިއެވެ.
ނަސީމް ވިދާޅުވީ، ދަރިވަރުން ކިޔެވުމާ ގުޅުން ހުރި އެތައް ކަމަކަށް ކައުންސިލުގެ އެހީތެރިކަން ލިބެމުން އަންނަ ކަމަށާއި ކޮންޕިއުޓަރު ސިސްޓަމް ހަދިޔާ ކުރެއްވީ ފާއިތުވި ދިރާސީ އަހަރު ނިމެމުން ދަނިކޮށް ކައުންސިލާއެކު ބޭއްވި ބައްދަލުވުމެއްގައި އެ ސްކޫލުން ހުށަހެޅި ހުށައެޅި ހުށައެޅުންތަކެއްގެ މައްޗަށް ބިނާކޮށް ފޯރުކޮށްދިން އެހީތެރިކަމެއް ކަމަށެވެ.
ނަސީމް ވިދާޅުވީ، ރީޑިން ކޯނާއަކާއި ވޯކްވޭ މަރާމާތުގެ މަސައްކަތް ވެސް ކައުންސިލުން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.
އުނގޫފާރޫ ސްކޫލުގައި 500 އެއްހާ ދަރިވަރުން ގުރޭޑް 10އާ ހަމައަށް ކިޔަވަމުން ގެންދެއެވެ.
advertisment
ހިޔާލު