އިންޓަރސްކޫލް ނެޓްބޯޅަ މުބާރާތް: 17 އަހަރާއި 13 އަހަރުން ދަށުގެ ސެމީ މިއަދު ހަވީރު

17 އަހަރުން ދަށުގެ ސެމީގައި ޣިޔާޘުއްދީނާއި ރެހެންދި، އަޙްމަދިއްޔާއާއި އިސްކަންދަރު

13 އަހަރުން ދަށުގެ ސެމީގައި، ކަލާފާނާއި އިސްކަންދަރު، ހުރަވީއާއި ޣިޔާޘުއްދީން

އިންޓަރސްކޫލް ނެޓްބޯޅަ މުބާރާތުގެ 17 އަހަރުން ދަށާއި 13 އަހަރުން ދަށުގެ ސެމީ ފައިނަލް މެޗްތައް މިއަދު ކުޅޭނެއެވެ.

17 އަހަރުން ދަށުގެ ސެމީގައި ޣިޔާޘުއްދީން ސްކޫލާ ވާދަ ކުރަނީ ރެހެންދި ސްކޫލެވެ. އަޙްމަދިއްޔާ ވާދަކުރަނީ އިސްކަންދަރު ސްކޫލާއެވެ. ތޭރަ އަހަރުން ދަށުގެ ސެމީގައި ކަލާފާނު ސްކޫލް ވާދަ ކުރަނީ އިސްކަންދަރު ސްކޫލާއެވެ. ހުރަވީ ސްކޫލް ވާދަ ކުރަނީ ޣިޔާޘުއްދީން ސްކޫލާއެވެ. މި މުބާރާތުގެ ފައިނަލް މެޗްތައް ކުޅޭނީ މާދަމާއެވެ.

ތޭރަ އަހަރުން ދަށުގެ ކުއާޓާއަށް ކަލާފާނު ދިޔައީ ދަރުމަވަންތައާ ގުޅެ 0-34ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. އިސްކަންދަރު ދިޔައީ މަޖީދިއްޔާއާ ވާދަކޮށް 24-28ން މޮޅުވެގެންނެވެ. ހުރަވީ ދިޔައީ ތާޖުއްދީނުގެ މައްޗަށް 12-28ން މޮޅުވެގެންނެވެ. ޣިޔާޘުއްދީން ދިޔައީ 7-23ން ހުރިޔާ ސްކޫލުގެ މައްޗަށް ކާމިޔާބު ހޯދައިގެންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *