ވިލާ ކޮލެޖުގައި ފާރމަސީ ކިޔަވަމުންދާ 22 ދަރިވަރުންނަށް ވައިޓް ކޯޓް ހަވާލުކޮށްފި

ވިލާ ކޮލެޖުގެ ބެޗްލަރ އޮފް ފާމަސީ ކިޔަވާ ދަރިވަރުން ހުވާކޮށް، ވައިޓް ކޯޓު ޙަވާލުކޮށްފިއެވެ.

ހަފްލާ މިއަދު ހެނދުނު ބޭއްވި މި ހަފްލާ ޝަރަފުވެރި ކޮށްދެއްވީ މިނިސްޓްރީ އޮފް ހެލްތްގެ ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތް ސާރވިސަސް، ޑރ. އަހުމަދު އަޝްރަފުއެވެ

މިއަދުގެ މިހަފްލާގައި ވިލާ ކޮލެޖުގެ ބެޗެލަރ އޮފް ފާމަސީ ކިޔަވަމުންދާ 22 ދަރިވަރުން ހުވާ ކޮށް ކޯޓް ހޯދިއެވެ.

ބެޗެލަރ އޮފް ފާރމަސީ ދަރިވަރުންނަށް ވައިޓް ކޯޓު ހަވާލުކުރެއްވީ ޝަރަފުވެރި މެހުމާނުގެ އިތުރުން، ވިލާ ކޮލެޖުގެ ރެކްޓަރ ޑރ. އަހުމަދު އަންވަރު، ވައިސް ރެކްޓަރ ޑރ. އަލީ ނަޖީބު ވިލާ ކޮލުގެ ފެކަލްޓީ އޮފް ހެލްތް ސައިންސް ގެ ޑީން އައިޝަތު މާލާއެވެ.

ވައިޓް ކޯޓު ހަވާލުކޮށްދެއްވުމަށްފަހު ހަފްލާގެ ބައިވެރިންނާއި މުހާތަބުކޮށް ޝަރަފުވެރި މެހެމާނު ދެއްކެވި ވާހަކަފުޅުގައި ސިއްޙީ ދާއިރާއިން ފަންނީ ބޭފުޅުން އުފެއްދުމަށް ވިލާ ކޮލެޖުން މަސައްކަތްކުރަމުންދާ ގޮތް ފާހަގަކުރައްވާފައިވެއެވެ.

" ވިލާ ކޮލެޖުން މި ތަމްރީން ލިބުމުގެ ފުރުސަތު ހުޅުވިގެން ދިޔުމަކީ ސިއްޙީ ޕްރޮފެޝަނަލުން ހޯދުމަށް ލިބިގެން ދިޔަ ވަރަށް ބޮޑު ލުއި ފަސޭހައެއް. ހެލްތު ސެކްޓަރަކީ އަޅުގަނޑުމެން ކޮންމެ މީހަކާ ވެސް ގުޅިފައިވާ ދާއިރާއެއް." ޑރ. އަޝްރަފު ވިދާޅުވިއެވެ."

ވިލާ ކޮލެޖަކީ ފާމަސީ ދަރިވަރުންނަށް ވައިޓް ކޯޓް ހަވާލު ކުރާ ރާއްޖޭގެ ފުރަތަމަ ތަޢުލީމީ މުއައްސަސާކަން މި ހަފްލާގައި، ވައިސް ރެކްޓަރ ޑރ. ޢަލީ ނަޖީބު ފާހަގަ ކުރެއްވިއެވެ.

އަދި މި ޕްރޮފެޝަންއަށް ވިލާ ކޮލެޖުން ނިކުމެގެން ދާ ކުދިންނަކީ ޕްރޮފެޝަނަލް މުޖުތަމަޢު ގަބޫލުކުރާ އެތިކަލް ސްޓޭންޑާރޑްސް ތަކަށް ފެތިގެން މަސައްކަތް ކުރާ ކުދިބަޔަކަށް ވުމުގެ މުހިއްމު ކަމާއި އަބަދުވެސް ދަސްކުރާ މީހަކަށްވުމުގެ އަޒުމް އޮންނަން ޖެހޭނެ ބަޔަކަށް ވުމަށް އިލްތިމާސް ކުރެއްވިއެވެ. އަދި މި އަދު ހުވައިންނާއި ވައިޓް ކޯޓުން ވެސް އެ ހަވާލުކުރެވުނީ ޒިންމާއެއްކަން ފާހަގަ ކުރެއްވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *