ދިރާސާތަކުގެ އަލީގައި ސިނާޢަތްތައް ކުރިއަރުވައި ފުދުންތެރި މުޖުތަމަޢެއް ބިނާކުރެވޭނެ

ދިރާސާތަކުގެ އަލީގައި ސިނާޢަތްތައް ކުރިއަރުވައި ފުދުންތެރި މުޖުތަމަޢެއް ބިނާކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ބާއްވާ ބައިނަލް އަޤުވާމީ "ތެވެލި" ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މި ސަރުކާރަކީ ތަރައްޤީގެ މައިގަނޑު އަސާސްތަކުގެ ގޮތުގައި ޢިލްމާއި ހެއްކާއި ޤަރީނާ ވަޒަންކުރާ ރިސަރޗް އޮރިއެންޓެޑް މުޖުތަމަޢެއް ބިނާކުރުމަށް މަސައްކަތްކުރާ ސަރުކާރެއް ކަމަށެވެ. ދައްކަވަމުންނެވެ.

މި ކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މި ސަރުކާރުގެ ވިސްނުމަކީ، ސިޔާސަތުގެ ކޮންމެ ނިންމުމަކާއި، ކޮންމެ ގޮންޖެހުމެއް، އެވިޑެންސް ބޭސްޑް، ޕްރޮފެޝަނަލް ސޮލިއުޝަންގެ މައްޗަށް ބިނާކޮށް ކުރިއަށް ގެންދާ ރާއްޖެއެއް ކަމުގައި ވިދާޅުވިއެވެ. އަދި މި މުހިންމު މަސައްކަތުގައި އެކަޑަމިކް، ރިސާޗަރުން، ސިޔާސަތު ތައް ކަނޑައަޅުއްވާ ފަރާތްތަކާއި ޕްރައިވެޓް ސެކްޓަރ އަދި ޢާންމު ރައްޔިތުން ހިމެނޭގޮތަށް ހުރިހާ ފަރާތްތަކެއް ގުޅިގެން މަސައްކަތް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އަޅުގަނޑުމެންގެ އަމިއްލަ ދިރާސާގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، އަޅުގަނޑުމެންގެ ރިސަރޗް ސިސްޓަމްތައް ހަރުދަނާކޮށް، އަޅުގަނޑުމެންގެ ތަރައްޤީގެ މޮޑެލްތައް، އަޅުގަނޑުމެންގެ މުޖުތަމަޢުތަކާއި، ޢަޤީދާތަކާއި، މުސްތަޤްބަލަށް ޓަކައި ގެންގުޅުއްވާ ތަޞައްވުރާ ފެތޭކަން ކަށަވަރުކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ވިދާޅުވިއެވެ. އަދި މި ސަރުކާރުން ރިސަރޗް އެންޑް ޑިވެލޮޕްމަންޓް ކުރިއެރުވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އިތުރުން، ޤާއިމުކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ދިރާސާތަކަކީ ހަމައެކަނި ތަޢުލީމާއި ސިޔާސަތުތައް ހެދުމުގެ ބޭނުމަށް ކުރެވޭ މަސައްކަތެއް ނޫންކަމަށާއި ޤައުމަށް ފައިދާހުރި ސިނާޢަތްތައް ކުރިއަރުވާ ކުރިމަގުގައި ފުދުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ވެސް ކުރެވޭނެ އެންމެ މުހިންމު މަސައްކަތަކީ އިލްމީ ދިރާސާތައް ކަމަށެވެ.
ކުރިއަށް ދިއުމުގައި ރާއްޖެފަދަ ކުޑަ ޤައުމަކަށް ވަރަށް ގިނަ ގޮންޖެހުންތައް އެބަހުރިކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، ތިމާވެށީގެ މައްސަލަތަކާއި އާއްމު ޞިއްޙަތާއި ޒަމާނީ ޓެކްނޮލޮޖީއަށް އަހުލުވެރިވެފައިވާ މުޖްތަމައެއް ބިނާކުރަން ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގައި ވަރަށް ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. އަދި ވިދާޅުވީ އެކަންކަމަށް ހައްލު ގެނެވެން އޮތީ އިލްމީ ގޮތެއްގައި އެ މައްސަލަތައް ދެނެގަނެ ހައްލު ކުރުމަށް ފިޔަވަޅު ތަކެއް އެޅިގެން ކަމަށެވެ.

އެފަދަ ދިރާސާތަކަށް އިނާޔަތްތަކެއް ނިންމާފައިވާކަން ފާހަގަ ކުރައްވައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ދަނޑުވެރިކަމާއި މަސްވެރިކަމާއި ތިމާވެއްޓާއި އާއްމު ސިއްޙަތާއި ފަތުވެރިކަމުގެ ދާއިރާތަކުން ދިރާސާތައް ބޭނުންވާ ކަމަށެވެ.

" ދިރާސާތަކުގެ އަލީގައި، ސަރުކާރާއި އަމިއްލަ ފަރާތްތަކާއި ތަޢުލީމީ މަރުކަޒުތައް ގުޅިގެން މުޖުތަމަޢުގައި ހުރި ބޮޑެތި މައްސަލަތަކަށް ޙައްލު ހޯދޭނެ" ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

މިއީ އެމްއެންޔޫއިން ބާއްވާ ހަތް ވަނަ ކޮންފަރެންސެވެ. މި ކޮންފަރެންސްގައި 186 ކަރުދާހެއް ހުށައަޅާނެއެވެ. މި ކޮންފަރެންސްގައި ބޭރުގެ 14 ޤައުމަކުން ބައިވެރިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *