ތުޅާދޫ ސްކޫލުގެ 88 ވަނަ އަހަރީ ދުވަސް ފާހަގަކުރީ މަޒުމޫނު ލިޔުމާއި ތިން މުގޯލިން

ތުޅާދޫ ސްކޫލަށް 88 އަހަރު ފުރުނީ އިއްޔެއެވެ. އަހަރީ ދުވަހާ ގުޅިގެން އެ ސްކޫލުން ދެ ހަރަކާތެއް ކުރިއަށް ގެންދިޔައެވެ. އެއީ ބެލެނިވެރިންނާއި އިސްދަރިވަރުންނަށް ކުރިއަށް ގެންދިޔަ އަހަރީ އުފާ ތިންމުގޯލި މުބާރާތާއި ގްރޭޑް 9 އަދި 10ގެ ދަރިވަރުންގެ ތެރެއިން އެކަމަށް ޝައުގުވެރިވި ދަރިވަރުންނަށް ބޭއްވި އަހަރީ އުފާ މަޒުމޫނު ލިޔުމުގެ މުބާރާތެވެ.

ތިންމުގޯލި މުބާރާތުގައި އަންހެން 4 ޓީމު އަދި ފިރިހެން 4 ޓީމު ބައިވެރިވިއެވެ.

1 ވަނަ : ރަޔާން އިބްރާހީމް 9-ބީ
2 ވަނަ : އަލްޠާފް އަލީ ވަހީދު 10-އޭ
3 ވަނަ : އަބްސަލް ޝާހީން އަޙުމަދު 10-އޭ

މަޒުމޫނު ލިޔުމުގެ މަޢުލޫއުތައް އަމާޒުކުރެވިފައިވަނީ ތުޅާދޫ ސްކޫލުގެ ކުރިމަގަށް ކުރެވޭ ތަސައްވުރާއި ގުޅުންހުރި މަޢުލޫއުތަކަށެވެ. 25 ދަރިވަރުން ބައިވެރިވި މި މުބާރާތުން އެއްވަނަ ހޯދީ، ރަޔާން އިބްރާހީމް 9-ބީ އެވެ. ދެވަނަ ހޯދީ، އަލްޠާފް އަލީ ވަހީދު 10-އޭ އެވެ. އަބްސަލް ޝާހީން އަޙުމަދު 10-އޭ އެވެ.

އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވުނު ހާއްސަ އެސެމްބްލީ ޝަރަފްވެރި މެހެމާނަކީ ތުޅާދޫ މާލާޒް، މުޙައްމަދު އުޘްމާނެވެ.

އެސަންބުލީގައި، އަހަރީ އުފާ ތިންމުގޯލި މުބާރާތް އަދި މަޒުމޫނު ލިޔުމުގެ މުބާރާތުގައި ވަނަވަނައަށް އައި ފަރާތްތަކަށް ސެޓްފިކެޓާއި، މެޑަލް އަދި ޓްރޮފީ ދީފައިވެއެވެ.

"މަގޭ ސްކޫލް – ތުޅާދޫ ސްކޫލް" ގެ ނަމުގައި ތާރީހާއިބެހޭ މަޢުލުމާތު އެކުލެވޭ ފޮތެއް، މި އެސެމްބްލީގައި ވަނީ ނެރެފައެވެ.

މިއީ ސްކޫލް ލައިބްރަރީގައި ބޭއްވުމަށް، މި ފޮތް ނެރުމުގެ މަގުޞަދަކީ ދަރިވަރުންނަށް ސްކޫލާއި ބެހޭ ތާރީހީ މަޢުލުމާތު ފޯރުކޮށްދިނުން ކަމަށް ތުޅާދޫ ސްކޫލުން ބުނެއެވެ.

އަހަރީ ދުވަހުގެ ކޭކް އެ ސްކޫލަށް ހަދިޔާ ކުރީ ކޮކޯޕާމް ދުނިކޮޅު ރިޒޯޓުންނެވެ.

ތުޅާދޫ ސްކޫލް ހުޅުވީ 1936 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 17 ވަނަ ދުވަހުއެވެ. އެއީ ރާއްޖޭގައި އުނގަންނައިދޭ މަރުކަޒެއްގެ ގޮތުގައި 3 ވަނައަށް ރަޖިސްޓްރީ ކުރި ސްކޫލެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *