ހިރިޔާ ސްކޫލުގެ ބިޒްނަސް އެކްސްޕޯ އިއްޔެ ވަނީ އެ ސްކޫލުގައި ބާއްވާފައެވެ.
ގުރޭޑް 7ން 10 ގެ 14 ކުލާހަކުން، ތަފާތު 14 ސްޓޯލެއްގައި ދަރިވަރުން ތައްޔާރު ކުރި އުފެއްދުންތައް ވަނީ ވިއްކާފައެވެ.

ހިރިޔާ ސްކޫލުން ބުނީ، ދަރިވަރުން ކިޔަވަމުންދާ ފިލާވަޅުތަކާ ގުޅޭ ގޮތުން އަމަލީ ތަޖުރިބާ، މި އެކްސްޕޯގެ ތެރެއިން ހޯދި ކަމަށާއި އޭގެ ތެރޭގައި ވިޔަފާރިއެއް ފެށުމަށް، އާ ވިސްނުންތަކެއް އުފައްދައި އެ ވިސްނުންތަަކަށް ބިނާކޮށް ވިޔަފާރިއެއް ފަށައި އެއިން ނަފާ ނެރޭނެ ގޮތްތައް ދަރިވަރުން އަމިއްލައަށް ތަޖުރިބާ ކުރި ކަމަށެވެ.

މި އެކްސްޕޯގެ މައިގަނޑު ހަރަކާތަކީ ދީފައިވާ މުއްދަތެއްގެ ތެރޭގައި ޕްރޮޑަކްޓެއް ނުވަތަ ޕްރޮޑަކްޓުތަކެއް ހަދައިގެން ވިއްކުމެވެ.

ސޭލްސް، ކަސްޓަމަރ ސާވިސް، މާކެޓިންގ، ޕްރޮޑަކްޓް ޑިވެލޮޕްމަންޓް އަދި ބްރޭކް އިވެން އެނަލިސިސް އާއި ގުޅުންހުރި އެކި ކަންތައްތައް މި ހަރަކާތުގެ ތެރެއިން ދަރިވަރުން ދަސްކުރިއެވެ.

ހިރިޔާއިން ބުނީ، މިއީ އެ ސްކޫލުން ދަރިވަރުންނަށް އަލަށް ހޯދައިދިން ތަޖުރިބާއެއް ކަމަށާއި ވިޔަފާރި ކުރުމުގެ ވައްޓަފާޅިއާއި އޭގެ ޢިލްމާއި ވިސްނުން އިތުރުކޮށް ތަރައްޤީކުރުމަށްޓަކައި ކުޑަ ވިޔަފާރިއެއް ހިންގުމުގެ ތަޖުރިބާ ހޯދައި ދިނުމަކީ މި އެކްސްޕޯގެ މައިގަނޑު މަޤްޞަދު ކަމަށެވެ.
advertisment
ހިޔާލު