އިންޑިޔާގެ އެހީގައި ޤާއިމް ކުރި ތިން ސްކޫލެއްގެ އިންކްލޫސިވް ސަޕޯޓް ޔުނިޓްތައް އިފްތިތާޙްކޮށްފި

އިހައްދޫ ސްކޫލުގައި ތަރައްގީކޮށްފައިވާ އިންކްލޫސިވް ޕްލޭ އޭރިއާއެއް ފަރުމާކޮށްފައި ވަނީ ހުރިހާ ދަރިވަރުންނަށް ވެސް އެކުވެރިންނާ އެކު ކުޅެވޭނެ ގޮތަށް- ފޮޓޯ އިހައްދޫ ސްކޫލް

އިންޑިޔާ ސަރުކާރުގެ އެހީގައި މަރާމާތުކޮށް ތަރައްގީ ކުރި ތިން ސްކޫލެއްގައި ޤާއިމް ކުރި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓްތައް އިފްތިތާޙްކޮށްފިއެވެ.

4.6 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އިންކްލޫސިވް ސަޕޯޓް ޔުނިޓްތައް މަރާމާތުކޮށް ތަރައްގީ ކުރީ ގ.ތިނަދޫ އަބޫބަކުރު ސްކޫލާއި ލ.ގަން އިހައްދޫ ސްކޫލާއި ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.

ޑިޕާޓްމަންޓް އޮފް އިންކުލޫސިވް އެޑކިޔުކޭޝަނުން ބުނީ، މި ތިން ސްކޫލުގައި ހުރި އިންކްލޫސިވް ސަޕޯޓް ޔުނިޓްތައް އިތުރަށް ފަސޭހަކޮށް، ސެންސަރީ ވަސީލަތްތައް އަޕްގްރޭޑްކޮށް، އެސިސްޓިވް ޓެކްނޮލޮޖީ ޑިވައިސްތައް ހަރުކޮށްފައިވާ ކަމަށެވެ. އިހައްދޫ ސްކޫލުގައި ތަރައްގީކޮށްފައިވާ އިންކްލޫސިވް ޕްލޭ އޭރިއާއެއް ފަރުމާކޮށްފައި ވަނީ ހުރިހާ ދަރިވަރުންނަށް ވެސް އެކުވެރިންނާ އެކު ކުޅެވޭނެ ގޮތަށް ކަމަށް އެ ޑިޕާޓްމަންޓުން ބުނެއެވެ.

މި މަސައްކަތުގެ ދަށުން އިންޑިއާ ގްރާންޓް އެސިސްޓެންސް ސްކީމްގެ ދަށުން 10 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ތަމްރީނު ޕްރޮގްރާމުގައި އެ ސްކޫލްތަކުން 21 ޓީޗަރުން ވަނީ ބައިވެރިވެފައެވެ. މި ތަމްރީނުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ އުނގެނުމުގައި ދަތިތައް ހުންނަ ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓްތައް ޤާއިމުކޮށް، އޭގެ ބޭނުން ހަރުދަނާ ގޮތެއްގައި ހިފުމަށެވެ. މި ޕްރޮގްރާމުގައި ތަފާތު އެކި މައުޟޫޢުތައް ހިމެނޭ ގޮތަށް ތަފާތު ސެޝަންތައް ކުރިއަށް ގެންދިޔަ ކަމަށް އިންކުލޫސިވް އެޑިޔުކޭޝަން ޑިޕާޓްމަންޓުން ބުނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *