ތަފާސް ހިސާބުގެ ފަންނަކީ ތި ހީކުރާހާ ހަނި ދާއިރާއެއް ނޫން

އެމްއެންޔޫގެ ސްޓެޓިސްޓިކްސް ބެޗްލާ ކޯހުން ކިޔައިދެނީ ނިންމުންތައް ނިންމުމުގައި ޓާޑާ އެނަލިސިސްގެ މުހިންމުކަން

ކޮންމެ މީހަކު ކޮންމެ ނިންމުމެއް ނިންމުމުގައި ވެސް އެންމެ މުހިންމު ކަމެއް ދެވެނީ ތަފާސް ހިސާބަށެވެ. އެއީ ދިރިއުޅުމުން ފެށިގެން ޤައުމުގެ އެންމެ މުހިންމު ނިންމުންތައް ނިންމުގައި ވެސް އެންމެ ބޮޑަށް ބަރޯސާ ވެވޭ ދާއިރާއެވެ.

ސަރުކާރުތަކާއި މަދަނީ ޖަމިއްޔާތަކާއި ޕްރައިވެޓް ސެކްޓާ އަދި އާންމުންނަށް މައުލޫމާތު ދީގެން ނިންމުންތައް ނިންމުމުގެ މަގު ފަހިކޮށްދިނުމަށާއި ތަމްސީލުކުރާ އިދާރާތަކުގެ ޒިންމާދާރުކަން ކަށަވަރު ކުރުމަށް ޑާޓާ އާއި ތަފާސް ހިސާބު ވަރަށް މުހިންމެވެ. ޑޭޓާއިން ދުނިޔެ ދެނެގަތުމަށްޓަކައި، އަޅުގަނޑުމެން ބޭނުން ވަނީ، ސަރުކާރާއި، ޕްރައިވެޓް ސެކްޓާ އާއި، މީޑިއާތަކާއި ހުޅުވާލެވިފައިވާ އިންސާފުވެރިގޮތެއްގައި، ވަކި ފަރާތަކަށް ނުޖެހި ޑާޓާއެއް ސާފުކޮށް ރިޕޯޓްކުރެވޭ ގޮތަށް، ޑޭޓާ ގެނެސްދިނުން މުހިންމެވެ.

ތަފާސް ހިސާބުގެ ދާއިރާއިން މަތީ ތައުލީމް ހާސިލް ނުކުރެވުމުގެ ސަބަބުން ކެޕޭސިޓީގެ ބޮޑު ފަރަގެއް އުފެދި، ގައުމުގައި މި ފަންނު ކުރިއެރުވުމަށް ހުރަސް އޮތީ ހުރަސްއެޅިފައެވެ.

އެމްއެންޔޫއިން އަލަށް ފަށާ ސްޓެޓިސްޓިކްސް ޕްރޮގްރާމްގެ މަޤްޞަދަކީ ޑާޓާ ލިޓެރަސީ ކުރިއަރުވައި، ޖަމްޢިއްޔާތަކާއި ޢާންމު ރައްޔިތުންނަށް ޑޭޓާގެ ބޭނުން ހަރުދަނާ ގޮތެއްގައި ހިފުމުގެ ބާރުލިބި، ދޮގު މައުލޫމާތުތައް ދެނެގަތުމަށް އެހީތެރިވެދިނުމެވެ. މި ކޯހަކީ ޑާޓާ އެނަލިސިސްގެ އިތުރުވަމުންދާ ބޭނުންތައް ފުއްދުމަށްޓަކައި، ހާއްސަކޮށް ޕަބްލިކް ސެކްޓާގައި އިތުރުވަމުންދާ ހުނަރުގެ ފަރަގު ފޫބެއްދުމުގެ ގޮތުން ކުރިއަށް ގެންދާ ކޯހެކެވެ. ތަފާސް ހިސާބުގެ މި ޑިގްރީގެ ސަބަބުން ސަރުކާރާއި ޕްރައިވެޓް ސެކްޓާ އާއި ވިޔަފާރިވެރިންނާއި މަދަނީ ޖަމިއްޔާތަކާއި ލޯކަލް ކައުންސިލްތަކަށް ބޭނުންވާ ސްޓެޓިސްޓިޝަނުން އުފައްދައި ދޭނެއެވެ. އަދި ތަފާސް ހިސާބުގެ ގޮތުން ލިޔުންތެރިކަން ލިބިފައިވާ އާ ޖީލެއް ބިނާކުރުމަށް ވެސް އެހީތެރިވެދޭނެއެވެ.

މި ކޯހުގައި ހިމެނޭ މޮޑިއުލްތަކަކީ ޒަމާނީ ތަފާސް ހިސާބުގެ ވަސީލަތްތައް ބޭނުންކޮށްގެން ޑާޓާ އެއްކޮށް، އެނަލައިޒްކޮށް، ފެތުރުމަށް ބޭނުންވާ ވަޒީފާތައް އަދާކުރުމަށް ދަސްވެނިން ތައްޔާރުކުރުމަށް ޖުމްލަ އަމާޒަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ފަރުމާކޮށްފައިވާ މޮޑިއުލްތަކެކެވެ.

މި ކޯހުގައި ކިޔަވައިދޭ މޮޑިއުލްތަކުގެ ތެރޭގައި ހިމެނެނީ، ރިސްކް އެނަލިސްޓް، ސްޓެޓިސްޓިޝަން، އެކްޗުއަރީ މެނޭޖަރު، ރިސާޗް ޕްރޮފެޝަނަލް، ކްރެޑިޓް ރިސްކް ސްޓްރެޓެޖިސްޓް، އެނަލިސިސް/ސްޓެޓިސްޓިކްސް މެނޭޖަރު، ސަބްޖެކްޓް މެޓާ އެކްސްޕާޓް – ސްޓެޓިސްޓިކްސްއެވެ.

ބެޗްލަރ އޮފް ސްޓެޓިސްޓިކްސް ޑިގްރީ ހާސިލްކޮށްފައިވާ ދަސްވެނިވާ ދަރިވަރުންނަށް އޮތް ޔަގީން ކަމަކީ އެކި ދާއިރާތަކުން ވަޒީފާ ހޯދުމަށް ހުޅުވިފައި އޮތް ފުރުޞަތު ތަކެވެ. މި ކޯސް ނިންމާ ދަރިވަރުންނަ، ބޭންކުތަކާއި ފިނޭންސް އިންސްޓިޓިއުޝަންތަކާއި ތަޢުލީމީ މަރުކަޒުތަކާއި ރިސަރޗް ޑިވެލޮޕްމަންޓް ދާއިރާއާއި އިންޝުއަރެންސް ކުންފުނިތަކާއި ވިޔަފާރި ކުންފުނިތައް ހިމެނެއެވެ.

މި ކޯހަށް ވަނުމުގެ އާންމު ޝަރުޠަކީ އެޗްއެސްސީ އާއެކު އޭލެވެލްގެ ދެ މާއްދާއިން ފާސްވެފައި ވުން ނުވަތަ އެމްއެންޔޫ ސެޓްފިކެޓް 4 ފައުންޑޭޝަން ސްޓަޑީޒް ޓާގެޓް ޕްރޮގްރާމް ފުރިހަމަ ކޮށްފައި ވުމާއި ކަމާއި ގުޅުން  ހުރި ދާއިރާއަކުން ލެވެލް 4ގެ ސަނަދެއް ޙާޞލް ކޮށްފައި ވުމެވެ.

މި ކޯހަށް ވަނުމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފަހުގެ ތާރީޚަކީ މިއަދެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *