ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޑީން އޮފް ސްޓޫޑަންޓްސްގެ މަޤާމަށް މީހަކު ހޯދަން އެ ޔުނިވަރސިޓީން އިއުލާން ކޮށްފިއެވެ.
ޑީން އޮފް ސްޓޫޑަންޓްގެ މަޤާމަށް ކުރިމަތި ލުމުގެ ސުންގަޑިއަކީ މި މަހުގެ 11 ވަނަ ދުވަހުގެ 12:00 އެވެ.
ހަތަރު އަހަރަށް އައްޔަން ކުރާ މި މަޤާމުގެ ޝަރުޠަކީ، މަގާމު ގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއި އަދި މަދުވެގެން 2 އަހަރު ދުވަހުގެ ހިންގުމުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ، މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތު ގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އެ މުއްދަތު ގެ ތެރެއިން މަދުވެގެން 2 އަހަރު ދުވަހުގެ ހިންގުމުގެ ތަޖުރިބާ ލިބިފައިވުމެވެ.
ޑީން އޮފް ސްޓޫޑަންޓްގެ އަސާސީ މުސާރައަކީ މަހަކު 18,664.00 ރުފިޔާއެވެ. އޭގެ އިތުރުން ވަޒީފާގެ އެލަވަންސްގެ ގޮތުގައި މަހަކު 10,689 ރުފިޔާ ލިބެއެވެ. އަދި ހާޒިރީ އެލަވަންސަށް 289 ރުފިޔާ މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް ލިބެއެވެ.
ދަރިވަރުން ކޯހަށް ހޮވުމުން ދަރިވަރުންނަށް ދޭންޖެހޭ އެންމެހާއެހީތެރިކަން ދިނުމަކީ އެއީ ޑީން އޮފް ސްޓޫޑެންޓްގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ޔުނިވަރސިޓީގެ ޚިދުމަތް ހޯދުމަށް ދޭންޖެހޭ ކާޑު، އީމޭލް، ޕާސްވޯރޑް، މޫޑުލް، ސެލްފް ސާރވިސް ފަދަ އެންމެހާ ޚިދުމަތް ދަރިވަރުންނަށް ފަސޭހަކަމާއެކު ލިބޭނޭ ގޮތަށް އިންތިޒާމްކޮށް އެޚިދުމަތް ފޯރުކޮށްދިނުމާއި ޔުނިވަރސިޓީއަށް ދަރިވަރުން އަހުލުވެރިކުރުމަށް ހިންގަންޖެހޭ ޕްރޮގްރާމްތައް ހިންގުން ހިމެނެއެވެ. ދަރިވަރުންނަށް ދިމާވާދަތިތައް ދެނެގަނެވޭނޭ ޒަމާނީ ވަޞީލަތްތައް ފޯރުކޮށް ދިނުން ފަދަ ދަރިވަރުންނާ ގުޅޭ އެންމެގައި ކަންތައްތައް ކުރުމަށް މަސައްކަތް ކުރުން މަސްއޫލިއްޔަތުގެ ތެރޭގައި ހިމަނާފައިވެއެވެ.
advertisment
ހިޔާލު