ކުޅުދުއްފުށީ ތިން ސްކޫލުން އެއްވަނަ ހޯދި ދަރިވަރުންނަށް މެމްބަރު ފަރުހަތު ދެއްވީ ޖާފަތެއް

ފާއިތުވި 20222-2023 ވަނަ ދިރާސީ އަހަރު ކުޅުދުއްފުށީ ތިން ސްކޫލުގެ އެންމެ މޮޅު ދަރިވަރުންނަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު ފަރުހަތު މުޙައްމަދު ޚާއްޞަ ޖާފަތެއް ދެއްވައިފިއެވެ.

މި ޖާފަތް އޮތީ ކުޅުދުއްފުށީ ކާނިވާ ކެފޭގައެވެ. މި ޖާފަތުގައި އެއްވަނަ ހޯދި ދަރިވަރުންގެ އާއިލާއިން ވެސް ބައިވެރިވިއިރު، ކޮންމެ ދަރިވަރަކަށް ހަނދާނީ ފިލައަކާއި ފައިސާގެ އެހީއެއް ފަރުހަތު ވަނީ އެކުދިންނާ ހަވާލު ކުރައްވާފައެވެ.

ކުޅުފުއްފުށީގައި ސާނަވިއާއި މަތީ ސާނަވީއަށް ކިޔަވައިދޭ ސްކޫލްތަކުގެ ތެރެއިން އެންމެ މޮޅު ދަރިވަރުންގެ ގޮތުގައި ހަތަރު ދަރިވަރުން ހިމެނެއެވެ. އެއީ:

  • ޖަލާލުއްދީން ސްކޫލުގެ ސާނަވީން އެއްވަނަ ހޯދި ފާތިމަތު ރައިޙާ
  • ޖަލާލުއްދީން ސްކޫލުގެ މަތީ ސާނަވީން އެއްވަނަ ހޯދި ފާތިމަތު ޒަމްއާ
  • އަފީފުއްދީން ސްކޫލުން އެއްވަނަ ހޯދި މައިހާ ޔޫނުސް
  • ހދ. އަތޮޅު ތަޢުލީމީ މަރުކަޒުން އެއްވަނަ ހޯދި މުޙައްމަދު ޒިޔާން

މެމްބަރު ފަރުހަތު ދަރިވަރު ނޫހަށް މިއަދު ވިދާޅުވީ، އެއްވަނަ ހޯދި ދަރިވަރުންގެ އަގުވަޒަން ކުރީ އެ ދަރިވަރުންގެ ކާމިޔާބީގައި ބައިވެރިވެ އަދި ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ ކާމިޔާބީ ހޯދަން ހިތްވަރު ދެއްވުމުގެ ގޮތުން ކަމަށެވެ. އަދި އެފަދަ ކާމިޔާބީ ހޯދަން މިހާރު އެ ސްކޫލުތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް ބާރުއެޅުމުގެ ގޮތުން ކަމަށެވެ.

ކުޅުދުއްފުށީ ސްކޫލުތަކުން އެއްވަނައަށް ހޮވޭ ދަރިވަރުންގެ އަގުވަޒަންކޮށް ހިތްވަރު ދިނުމަށް ކޮންމެ އަހަރަކު ވެސް އެ ފަދަ ހަރަކާތެއް ކުރިއަށް ގެންދާނެ ކަމަށް ފަރުހަތު ވިދާޅުވިއެވެ.

ދަރިވަރުންގެ ކާމިޔާބީ މެމްބަރު ފަރުހަތު ފާހަގަކުރެއްވީތީ އެ ދަރިވަރުންގެ އާއިލާއިން މެމްބަރަށް ޝުކުރު އަދާކުރެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *