އެމްއެންޔޫގެ ފަހި ދުވަސް ކެރިއަރ ގައިޑެންސްއާ އެކު، އަންނަ މަހު 7ގައި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)ގެ ފަހި ދުވަސް ކެރިއަރގައިޑެންސްއާ އެކު، އަންނަ މަހު 7ގައި ބާއްވަން ނިންމައިފިއެވެ.

އެ ޔުނިވަރސިޓީން ބުނީ، ފަހި ދުވަހުގެ ހަރަކާތްތައް އޮގަސްޓް މަހުގެ ހަތް ވަނަ ދުވަހުގެ ހަވީރު 4ން ރޭގަނޑު 10އަށް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި މި ހަރަކާތުގައި އެ ޔުނިވަރސިޓީގެ ހުރިހާ ފެކަލްޓީ/ސެންޓަރުތަކާބެހޭ މަޢުލޫމާތު ފޯރުކޮށްދޭނެ ކަމަށާއި ޔުނިވަރިސިޓީގެ ކޯސްތަކަށް ވަންނަން ފޯމު ބަލައިގަތުން ވެސް ކުރިއަށް ގެންދާނެ ކަމަށެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަކީ ފަންނީ ޤާބިލް ލެކްޗަރަރުންނާއެކު ތަފާތު އެތައް ދާއިރާ ތަކުން ތަޢުލީމާއި ތަމްރީން ޕްރޮގްރާމުތަކެއް ހިންގަމުންގެންދާ ޔުނިވަރސިޓީއެކެވެ. ޔުނިވަރސިޓީގެ ފަންނީ ދާއިރާތަކުގެ ލެކްޗަރަރުން، އެބޭފުޅުންގެ ދާއިރާތަކުން މަތީ ތަޢުލީމު ހާސިލުކުރުމަށް ހުރި ފުރުސަތުތަކާ ބެހޭ މަޢުލޫމާތުތާއި، މަތީ ތަޢުލީމު ހާސިލުކުރުމަށް ވާން ޖެހޭ ތައްޔާރީތަކުގެ މަޢުލޫމާތު، މި ހަރަކާތުގައި ބައިވެރިވާ ފަރާތްތަކާ ހިއްސާ ކުރާނެއެވެ.

ފަހި ދުވަހުގައި މަޢުލޫމާތު ފޯރުކޮށްދެވޭ ދާއިރާތަކުގެ ތެރޭގައި، ބަހާއި އިންސާނީ ޢިލްމުތަކުގެ ދާއިރާ، ތަޢުލީމީ ދާއިރާ، އިންޖިނީއަރިންގ ދާއިރާ، ޞިއްޙީ ދާއިރާ، ފަތުރުވެރިކަމާއި މެހެމާނުދާރީގެ ދާއިރާ، ދީނީ ޢިލްމުގެ ދާއިރާ، ސައިންސްގެ ދާއިރާ، ޝަރީޢަތާއި ޤާނޫނުގެ ދާއިރާ، ވިޔަފާރީގެ ދާއިރާ، ނިޔެމިކަމުގެ ދާއިރާ، ދަނޑުވެރިކަން އަދި ފައުންޑޭޝަން ކޯސްތަކުގެ ދާއިރާ ހިމެނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *