އަފީފުއްދީން ސްކޫލްގެ އެންމެ މޮޅު ދަރިވަރަކީ މަންހާ

އަފީފުއްދީން ސްކޫލްގެ އެންމެ މޮޅު ދަރިވަރު މަންހާ، ރަސްމިއްޔާތުގެ ޝަރަފުވެރިމެހުމާނާއި ޕްރިންސިޕަލްއަދި މަންމައާއި ބައްޕައާއެކު- ފޮޓޯ: ކުޅުދުއްފުށީ އޮންލައިން

އޭނާގެ ތައުރީފާއި ޝުކުރު ކުރީގެ ޕްރިންސިޕަލް ނާސިހާއަށް

ކުޅުދުއްފުށީގައި ހުންނަ އަފީފުއްދީން ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް މަރިޔަމް މަންހާ ޔޫނުސް ހޮވައިފިއެވެ. ރޭ އެ ސްކޫލުގައި ބޭއްވި ފާއިތިވި ދިރާސީ އަހަރު އިނާމް ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށް ދެއްވީ ސިވިލް ސާރވިސް ކޮމިޝަނުގެ މެންބަރު ފާތިމަތު ޝަރީފެވެ.

އަފީފުއްދީން ސްކޫލްގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމު މަރިޔަމް މަންހާ ޔޫނުސް ހޯދައިފި އެވެ. އެ ސްކޫލުގައި ރޭ ބޭއްވި 2022-2023 ވަނަ ދިރާސީ އަހަރުގެ އިނާމުދިނުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ސިވިލް ސާރވިސް ކޮމިޝަނުގެ މެންބަރު ފާތިމަތު ޝަރީފެވެ.

އެއްވަނަ ހޯދި މަންހާ ވަނީ، ސާނަވީ އިމްތިޙާނުގެ ޤައުމީ ގަދަ ދިހައެއްގެ ތިން ވަނަ ހޯދާފައެވެ.

އަފީފުއްދީން ސްކޫލްގެ އެންމެ މޮޅު ދަރިވަރު މަންހާއަށް އިނާމް ހަވާލުކޮށް ދެއްވަނީ- ފޮޓޯ: ކުޅުދުއްފުށީ އޮންލައިން

އެއްވަނަ ދަރިވަރުގެ ގޮތުގައި މަންހާ ރޭ ބުނީ، އޭނާގެ ކާމިޔާބީގެ ފަހަތުގައި މަންމައާއި ބައްޕަ އަދި ކޮއްކޮގެ އިތުރުން އެންމެ ގާތް އެކުވެރިން ހިމެނޭ ކަމަށެވެ. އެއާއެކު އެ ސްކޫލުގެ ކުރީގެ ޕްރިންސިޕަލް ނާސިހާ އިދުރީސް އަށް ޚާއްޞަ ޝުކުރެއް އަދާކުރިއެވެ.

މަންހާ ބުނީ، ދަރިވަރުންނަށް ކާމިޔާބީއަށް މަގުދެއްކުމަށް އެންމެ މޮޑު ޒިންމާއެއް އަދާކުރައްވަން ޖެހިވަޑައިގަންނަވަނީ ޕްރިންސިޕަލުން ކަމަށާއި އޭނާގެ ތައުލީމީ ހަޔާތުގެ އެންމެ ގިނަ ދުވަސްތައް ހޭދަކުރެވުނީ އެ ޒިންމާ ފިސާރި ރަނގަޅަށް ނެންގެވި ޕްރިންސިޕަލަކާއެކު ކަމަށެވެ. އެއީ އިތުރު ތައާރަފަކަށް ބޭނުން ނުވާނެ ނާސިހާ އިދުރީސް ކަމަށާއި ނާސިހާ މެޑަލް ދެއްވި އިޚްލާސްތެރި އެހީތެރިކަމަކީ އޭނާ އެ މަޤާމަށް ވާޞިލްވުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.

" މަގުން ކަސިޔާރުވާހެން ހީވެއްޖެނަމަ މުދައްރިސެއް ފަދައިން ސީދާ މަގުދެއްކެވި. ރައްޓެހި ރަހުމަތްތެރިއެއް ފަދައިން ވާހަކަތައް ހިއްސާކުރެވޭނެ ފަދަ ގާތްކަމެއް ޤާއިމް ކޮށްދެއްވި. ނަޞޭހަތާއި ލަފާ ދެއްވާ ފުރިހަމަ މައެއްގެ ރޯލް އަދާކޮށްދެއްވި. މިއަދު މިތަނުގައި މެޑަމް ވަޑައިގެން ނެތް ނަމަވެސް އަޅުގަނޑަށް ލިބުނު ކާމިޔާބީގައި މެޑަމްގެ ހިއްސާ ބޮޑު. އެހެން ކަމުން އިޚްލާސްތެރިކަމާއި އިޙްތިރާމާއެކު ނަސިހާ މެޑަލްއަށް ޝުކުރުވެރިކަމާއެކު ޝުކުރާއި ވެދުން ބަރުތީލަ ކުރަން" މަންހާ ރޭ ބުންޏެވެ.

ފާއިތުވި ދިރާސީ އަހަރު އަފީފުއްދީން ސްކޫލުގެ ދިހަ ދަރިވަރުން ޤައުމީ ގަދަ ދިހައެއްގައި ހިމެނިފައިވެއެވެ. އަދި އެ ސްކޫލުން ބައިވެރިވި 77.85 ދަރިވަރުން ފާސްވެފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *