ޔުނިސެފް މޯލްޑިވްސްއާއި ނެޝަނަލް އިންސްޓިޓިއުޓް ފޯރ އެޑިޔުކޭޝަން (އެންއައިއީ) އާ ގުޅިގެން ކުރިއަށް ގެންދިޔަ އަޕްޝިޕްޓް ޕްރޮގްރާމުގެ އެންމެ މޮޅު ހަ ޕްރޮޖެކްޓް ހޮވައިފިއެވެ.
އެންއައިއީ އިން ބުނި ގޮތުގައި، އަޕްޝިފްޓްގެ އަޖުމަ ބެލުމުގެ ޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުވާލުމުން 53 ސްކޫލަކުން ބައިވެރިވިއެވެ. މަސައްކަތް ކުރިއަށް ގެންދިޔަ ގޮތަށް ބަލައި އޭގެ ތެރެއިން ވިހި ސްކޫލެއް ހޮވައި، އިތުރު 25 ސްކޫލެއް މި ޕްރޮގްރާމުގައި ބައިވެރިވި ކުރިއެވެ. 45 ސްކޫލެއްގައި އަޕްޝިފްޓް ކުރިއަށް ގެންދިޔައިރު، މި ޕްރޮގްރާމް ފުރިހަމަ ކުރީ 14 ސްކޫލަކުންނެވެ. އެންމެ މޮޅު ހަ ޕްރޮޖެކްޓް ހޮވީ 14 ސްކޫލުން ހުށައެޅި 28 ޕްރޮޖެކްޓެއްގެ ތެރެއިންނެވެ. ކޮންމެ ގުރޭޑަކުން ހޮވީ އެންމެ މޮޅު ތިން ޕްރޮޖެކްޓެވެ.

ގުރޭޑް 7ން ހޮވި އެންމެ މޮޅު ޕްރޮޖެކްޓްތައް:
ގުރޭޑް 7ން ހޮވި އެންމެ މޮޅު ތިން ޕްރޮޖެކްޓް:
- 1- ހުވަނި ސްޕްރޭ – ވ. އަތޮޅު ތަޢުލީމީ މަރުކަޒު
- 2- އިނޮވޭޓިވް ޑަސްޓަރ- ފަވަސް ހިދާޔާ ސްކޫލް
- 3- މޮބައިލް ލައިބްރަރީ- ގއ. އޭއީސީ
ގުރޭޑް 8ން ހޮވި އެންމެ މޮޅު ތިން ޕްރޮޖެކްޓް:
- 1- ސަސްޓެއިނަބްލް ބްރިކް ޕްރޮޑަކްޝަން މެޝިން- ބ. އަތޮޅު މަދަރުސާ
- 2- އެފިޝެންޓް ކަރީ ރޯސްޓަރ- ގެމަނަފުށީ ސްކޫލް
- 3- އިކޯ ސޯޓް ސްޓްރީމްލައިން ވޭސްޓް ސޮލިޔުޝަން- ހިރިޔާ ސްކޫލް
އެންއައިއީ އިން ބުނި ގޮތުގައި، އަފްޝިޕްޓް ޕްރޮގްރާމުން ދަރިވަރުންނަށް ދަސްކޮށްދެނީ، ދިރިއުޅުމަށް ބޭނުންވާ ހުނަރުތަކާ ތަފާތު ޙާލަތްތަކާ ގުޅުވައިދޭ އީޖާދީ ވިސްނުމެވެ. އަދި ތަފާތު މައްސަލަތައް ހައްލު ކުރުމަށް ނުވަތަ ހައްލު ހޯދުމަށް މަސައްކަތް ކުރުމަށާއި ޖަމާއަތަށް ފައިދާހުރި ހެޔޮ ބަދަލު ގެނައުމުގެ ވިސްނުން އުފައްދައި ތަރައްޤީ ކުރުމެވެ.

އަޕްޝިފްޓް ޕްރޮގްރާމް ގެންދިޔައީ މުހިންމު ގިނަ ކަންކަން ހާޞިލްވާނެ ގޮތަށް ކަމަށާއި، އެގޮތުން މަސައްކަތުގެ މާހައުލުގައި ބޭނުން ކުރެވޭނެ ހުނަރުތަކާއި ޤާބިލިއްޔަތު ކުދިންނަށް ދަސްވުމާއި ބިނާކުރުވަނިވި ވިސްނުމާއި އުފެއްދުންތެރި ވިސްނުމާއި ގުޅިގެން މަސައްކަތް ކުރުމާއި މުއާސަލާތު ކުރުމާއި އަދި އިސްދާނަ ހުނަރުތައް ދަރިވަރުންނަށް އެނގި، އޭގެ ފައިދާ ލިބިދެވޭ ގޮތަށް ކަމަށެވެ.
އެންއައިއީ ބުނީ، އަޕްޝިފްޓަކީ ފުރާވަރު ކުދިންނާއި ޒުވާނުންނަށް އަމާޒުކޮށްގެން ޔުނިސެފުން ފަރުމާކޮށްފައިވަނީ 21 ވަނަ ޤަރުނުގެ ހުނަރުތައް ލިބިދެވޭ ގޮތަށް ކަމަށާއި ރާއްޖޭގައި މި ޕްރޮގްރާމް ކުރިއަށް ގެންދިޔައިރު އެންމެ ބޮޑު ބޭނުމަކަށް ވީ ޤައުމީ މަންހަޖުގައި ބުނާ ޤާބިލިއްޔަތު ދަރިވަރުންނަށް ދަސްކޮށްދިނުން ކަމަށެވެ.

" ރާއްޖޭގެ މާހައުލަށް ފައްތައި ޤައުމީ މަންހަޖުގައި ހިމެނޭ މައިގަނޑު ގާބިލިއްޔަތުތައް މި ޕްރޮގްރާމުގެ ތެރެއިން ދަސްވެގެންދާނެ. މީގެ އިތުރުން ފަރުމާ ކުރުމުގެ ވިސްނުމާއި މައްސަލަތައް ހައްލު ކުރުމުގެ އުކުޅުތައް ބޭނުން ކޮށްގެން މުޖްތަމައުގައި ހުންނަ މައްސަލަތައް ދެނެގަނެ ދަރިވަރުންގެ ފެންވަރުގައި އެކަންކަމަށް ހައްލު ހޯދާނެ ގޮތްތައް ދަރިވަރުން ދަސްކުރި" އެންއައިއީ އިން ބުނެފައިވެއެވެ.
advertisment
ހިޔާލު