ފީވަކު ސްކޫލާއި މާކުރަތު ސްކޫލާއި ކަނޑުހުޅުދޫ ސްކޫލާއި ތ. ބުރުނީ ސްކޫލަށް ޕްރިންސިޕަލުން ހޯދަނީ

އަތޮޅުތެރޭގެ ހަތަރު ސްކޫލަކަށް ޕްރިންސިޕަލުން ހޯދަން އެޑިޔުކޭޝަން މިނިސްޓްރީން އިޢުލާން ކޮށްފިއެވެ.

އެ މިނިސްޓްރީން އިޢުލާން ކުރީ ށ. ފީވަކު ސްކޫލާއި ހއ. ރ. މާކުރަތު ސްކޫލާއި ގއ. ކަނޑުހުޅުދޫ ސްކޫލާއި ތ. ބުރުނީ ސްކޫލަށެވެ. ފީވަލު ސްކޫލާއި ތ. ބުރުނީ ސްކޫލަށް ޕްރިންސިޕަލުން ހޯދަން މީގެ ކުރިން ވެސް އިއުލާން ކުރިއެވެ.

ފީވަކު ސްކޫލާއި މާކުރަތު ސްކޫލަށް ޕްރިންސިޕަލް ހޯދަން ކުރި އިއުލާނުގެ މުއްދަތ ހަމަވާނީ އަންނަ އޮގަސްޓް މަހުގެ އެއްވަނަ ދުވަހަށެވެ. ކަނޑުހުޅުދޫ ސްކޫލާއި ބުރުނީ ސްކޫލަށް ޕްރިންސިޕަލް ހޯދަން ކުރި އިއުލާނުގެ މުއްދަތ ހަމަވާނީ މި މަހު 30އަށެވެ.

ވަކިވަކިން ކުރި އިއުލާނުތަކުގައި ބުނެފައިވާ ގޮތުން އެ ސްކޫލްތަކަށް ހޯދަނީ އެއްވަނަ ރޭންކް ނުވަތަ ދެވަނަ ރޭންކަށް ޝަރުޠު ހަވާ ޕްރިންސިޕަލުންނެވެ. އެއްވަނަ ރޭންކުގެ ޝަރުޠެއް ކަމަށް ކަނޑައަޅާފައި ވަނީ، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޙާއްސަވެފައިވާ ދާއިރާއަކުން ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއި، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޙާއްސަކުރެވިފައިވާ ދާއިރާއަކުން ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއި، ސުކޫލެއްގައި ކިޔަވައިދިނުމުގައި މަދުވެގެން 2 އަހަރު ޚިދުމަތްކޮށްފައިވުމާއި، ތަޢުލީމުދޭ ނުވަތަ މަތީ ތަޢުލީމުދޭ އިދާރާއެއްގެ ހިންގުމުގެ ދާއިރާގައި 4 އަހަރު ޚިދުމަތްކޮށްފައިވުމެވެ. ނޫނީ ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޙާއްސަކުރެވިފައިވާ ދާއިރާއަކުން ޤައުމީ ސަނަދުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއި، ސްކޫލެއްގައި ކިޔަވައިދިނުމުގައި މަދުމެގެން 2 އަހަރު ޚިދުމަތްކޮށްފައިވުމާއި، ތަޢުލީމުދޭ ނުވަތަ މަތީ ތަޢުލީމުދޭ އިދާރާއެއްގެ ހިންގުމުގެ ދާއިރާގައި 8 އަހަރު ޚިދުމަތްކޮށްފައިވުމެވެ.
ދެވަނަ ރޭންކުގެ ޝަރުޠެއް ކަމަށް ބުނެފައި ވަނީ، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޙާއްސަވެފައިވާ ދާއިރާއަކިން ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއި، ސުކޫލެއްގައި ޓީޗަރެއްގެ ގޮތުގައި 2 އަހަރު ޚިދުމަތްކޮށްފައިވުމާއި، ތަޢުލީމުދޭ ނުވަތަ މަތީ ތަޢުލީމުދޭ އިދާރާއެއްގެ ހިންގުމުގެ ދާއިރާގައި 4 އަހަރު ޚިދުމަތްކޮށްފައިވުމެވެ. .
ނުވަތަ، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޙާއްސަކުރެވިފައިވާ ދާއިރާއަކުން ޤައުމީ ސަނަދުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއި، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޙާއްސަކުރެވިފައިވާ ދާއިރާއަކުން ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއި، ސްކޫލެއްގައި ޓީޗަރެއްގެ ގޮތުގައި 2 އަހަރު ޚިދުމަތްކޮށްފައިވުމާއި، ތަޢުލީމުދޭ ނުވަތަ މަތީ ތަޢުލީމުދޭ އިދާރާއެއްގެ ހިންގުމުގެ ދާއިރާގައި 8 އަހަރު ޚިދުމަތްކޮށްފައިވުމެވެ.
އެއްވަނަ ރޭންކުގެ ޕްރިންސިޕަލެއްގެ މުސާރައެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ، 16،647 ރުފިޔާއެވެ. އޭގެ އިތުރުން މަގާމުގެ އެލަވަންސްގެ ގޮތުގައި 9،534 ރުފިޔާ ލިބެއެވެ. އަދި ހާޒިރީ އެލަވަންސްގެ ގޮތުގައި ނުކުންނަ ކޮންމެ ދުވަހަކަށް 258 ރުފިޔާ ލިބޭނެއެވެ.
ދެ ވަނަ ރޭންކުގެ ޕްރިންސިޕަލެއްގެ މުސާރައެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ، 17،985 ރުފިޔާއެވެ. އޭގެ އިތުރުން މަގާމުގެ އެލަވަންސްގެ ގޮތުގައި 10،300 ރުފިޔާ ލިބެއެވެ. އަދި ހާޒިރީ އެލަވަންސްގެ ގޮތުގައި ނުކުންނަ ކޮންމެ ދުވަހަކަށް 279 ރުފިޔާ ލިބޭނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *