އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި މަތީ ސާނަވީއަށް ކިޔަވައިދޭން ފަށާއިރު، ކުރީގެ ސީއެޗްއެސްއީ ހުރި ތަނުގައި ހުޅުވާ ސީއެޗްއެސްއީ މާލެ ސްކޫލަށް ޓީޗަރުން ހޯދަން އެޑިޔުކޭޝަން މިނިސްޓްރީން އިޢުލާން ކޮށްފިއެވެ.
ޓީޗަރުން ހޯދަން އެ މިނިސްޓްރީން އިއުލާން ކޮށްފައި ވަނީ މާއްދާތަކަށް ވަކިވަކިންނެވެ.
ޓީޗަރުން ހޯދަން އިއުލާން ކުރި މާއްދާތަކަށް ބަލާއިރު، ސައިކޮލޮޖީއާއި ބައޮލޮޖީއާއި އިސްލާމާއި އެކައުންޓާއި އިނގިރޭސިއާއި ބިޒްނަސް ސްޓަޑީޒް ލިޓްރެޗަރއާއި މެރިން ސައިންސާއި ހިސްޓްރީއާއި ޖޯގްރަފީއާއި ފިޒިކްސްއާއި އިކޮނޮމިކްސްއާއ ކޮންޕިއުޓަރ ސައިންސާއި ދިވެއްސާއި ކެމިސްޓްރީއާއި ޓްރެވެލް އެންޑް ޓޫރިޒަމުގެ އިތުރުން ހިސާބު ހިމެނެއެވެ.
މި މާއްދާތަކަށް ޝައުޤުހުރި ފަރާތްތަކުން ލިޔެކިޔުންތައް ހުށަހަޅަން މިހާރު ކޮށްފައިވާ އިއުލާން ތަކުގައި ދީފައި ވަނީ އެކި ތާރީޚް ތަކެވެ.
މާލޭގައި ސީއެޗްއެސްއީގެ އާ ސްކޫލެއް ފަށަނީ މި އަހަރުވެސް މާލޭގައި ހުރި ސާނަވީ ސްކޫލްތަކުގެ ގުރޭޑް 10ގައި 1700 އެއްހާ ދަރިވަރުން ކިޔަވަމުން ދިއުމާއި، މިހާރު އޭލެވެލްއަށް ކިޔަވަން މާލެއިން ހުޅުލެއަށް ކޮންމެ ދުވަހަކު ދާ 400 އެއްހާ ދަރިވަރުންނަށް ދިމާވާ ތަކުލީފުތަކަށް ލުޔެއް ހޯދުމުގެ ގޮތުންނެވެ.
ސީއެޗްއެސްއީ މާލެ ހުޅުވުމަށް އިމާރާތުގެ މަރާމާތުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
ހުޅުމާލޭގައި ހުންނަ ސީއެޗްއެސްއީގައި 1170 އެއްހާ ދަރިވަރުން މިހާރު ކިޔަވަމުން ގެންދެއެވެ.
advertisment
ހިޔާލު