ވިލާ ކޮލެޖުގެ މާސްޓަރސް އޮފް ކްލިނިކަލް ސައިކޮލޮޖީ ޕްރޮގްރާމުގެ ބޭނުމަކީ ނަފުސާނީ ދުޅަހެޔޮކަން މުޅި ރާއްޖެއަށް ފަތުރާލުން

ވިލާ ކޮލެޖުން ހުޅުވާލި، މެލޭޝިއާގެ ޔުނިވަރސިޓީ އޮފް ސައިބަރޖާޔާ (ޔޫއޯސީ)ގެ މާސްޓަރސް އޮފް ކްލިނިކަލް ސައިކޮލޮޖީ ޕްރޮގްރާމަކީ ލައިސަންސްޑް ސައިކޮލޮޖިސްޓްއަކަށް ވުމަށް މަގު ފަހިކޮށްދޭ ދެ އަހަރު ދުވަހުގެ ކޯހެކެވެ.

ކްލިނިކަލް ސައިކޮލޮޖީގައި މައިގަނޑު ގޮތެއްގައި ކިޔަވައި ދެނީ ބިހޭވިއާ އާއި މާހައުލާ ގުޅިގެން މީހުންނަށް އަންނަ ސައިކޮޕެތޮލޮޖީ ދެނެގަތުމެވެ. ކްލިނިކަލް އިންޓަވިއު، އެސެސްމަންޓް، ކްލިނިކަލް ތިއޮރިޓިކަލް އިންޓަވެންޝަން ހެދުމުގެ ހުނަރު ދަރިވަރުންގެ ކިބައިގައި ހުރުމުގެ އިތުރުން މި ޕްރޮގްރާމް ނިމޭއިރު، އެކަޑަމިކް އަދި ކްލިނިކަލް ރިސާޗްގެ ދާއިރާއިން ވެސް ތަޖުރިބާ ލިބި، މުޖުތަމައުގެ ނަފްސާނީ ދުޅަހެޔޮކަމުގައި ސީދާ ބައިވެރިވުމުގެ ފުރުޞަތު ފަހިވެގެންދެއެވެ.

ވިލާ ކޮލެޖްގެ ސްކޫލް އޮފް ސައިކޮލަޖީގެ ހެޑް ޑރ. އައިޝަތު ނަޝީދާ ވިދާޅުވީ، ޔުނިވަރސިޓީ އޮފް  ސައިބަރޖާޔާއިން ކިޔަވާ ދަރިވަރަކާ ވިލާ ކޮލެޖުން މި ޕްރޮގުރާމް  ފުރިހަމަ ކުރާ ދަރިވަރަކާ އެއްވެސް ތަފާތު ތަކެއް ނާންނާނެ ކަމަށެވެ. އެއީ  ވިލާ ކޮލެޖުގައި މި ޕްރޮގްރާމް ހިންގިކަމުގައިވިޔަސް މި ޕްރޮގްރާމް ގެ ހުރިހާ މުގައްރަރު އަދި ކިޔަވާދިނުމުގެ އެންމެހާ ކަންކަން ބަލަހައްޓަނީ މެލޭޝިއާގެ ޔުނިވަރސިޓީ އޮފް ސައިބަރޖާޔާ (ޔޫއޯސީ) އިން ގެންގުޅޭ އުސޫލްއިން ވެފައި، ކިޔަވައި ދެއްވާނީވެސް  އެ ޔުނިވރަސުޓީ އިން ކަޑައަޅުއްވާފައިފައިވާ މިންގަޑަށް ފެތޭ  މިހާރުވެސް އެ ފަންނުގައި މަސައްކަތް ކުރައްވާ ތަޖުރިބާކާރުން ނެވެ.

" ކިޔަވައި ދެއްވަން ވަޑައިގަންނަވަނީ ޔޫ.އޯ.ސީގެ ބޭފުޅުންނާއި ކްލިނިކަލް ސައިކޮލޮޖީގެ ދާއިރާއިން ޕީއެޗްޑީ ހައްދަވައި، އިންޑަސްޓްރީގައި ވެސް މަސައްކަތް ކުރައްވާ އަދި ޔުނިވަރސިޓީތަކުގައި ކިޔަވާ ދެއްވާ ބޭފުޅުން. އެކަޑަމިކް ތަޖުރިބާއާއެކީ ޕްރެކްޓިކަލް ތަޖުރިބާ ވެސް ހުންނަވާނެ  ހުރިހާ ބޭފުޅުންގެ" ޑރ. ނަޝީދާ ވިދާޅުވިއެވެ.

ނަޝީދާ ވިދާޅުވީ، ކްލިނިކަލް ސައިކޮލޮޖީ ޕްރޮގްރާމުގެ ފުރަތަމަ އަހަރު ދާނީ ކުލިނިކަލް ސައިކޮލޮޖީގެ ތެރެއަށް ވަނުމުގެ ސައިކޮލީޖީއާއި ތެރަޕީގެ ހުނަރު ދަސްކުރުމުގައި ކަމަށެވެ. ކޮންމެ އަހަރަކު ވެސް އަމަލީ ގޮތުން  ދަސްކުރުމަށް ޚާއްޞަ މޮޑިއުލެއް ވެސް ހިމެނޭ ކަމަށެވެ.

" އެވިޑެންސް ބޭސްޑް އަދި ޕްރެކްޓިކަލްއެވިޑެންސްއާއެކީގައި ކިޔަވައިދިނުން ކުރިއަށް ދާނީ. ތެރަޕީދިނުމުގައި އެންމެ ފަހުގެ އުކުޅުތަކަކީ ކޮބާތޯ އަދި އެސެސްމެންޓްތައް ހެދުމުގައި ހުރިހާ ކަމަކަށް ވެސް ބަލާނެ. ކިއެވުމުގެތެރެއިން ތަމްރީނާއި އކު ދަރިވަރުން މުޖްތަމައަށް ނެރެން މަސައްކަތް ކުރަމުން ދާނީ" ޑރ. ނަޝީދާ ވިދާޅުވިއެވެ.

ކްލިނިކަލް ސައިކޮލޮޖީ ޕްރޮގްރާމުގެ ތެރެއިން ތަމްރީނު ހޯދުމުގެ ފުރުޞަތު ހޯދައިދިނުމުގެ ގޮތުން ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ސައިކޮލޮޖީގެ ޚިދުމަތްދޭ އައިސީޕީއާއެކު ވިލާ ކޮލެޖުން ވަނީ އެމްއޯޔޫއެއްގައި ސޮއިކޮށްފައެވެ.

ނަޝީދާ ވިދާޅުވީ، ކްލިނިކަލް ސައިކޮލޮޖީ ޕްރޮގްރާމުގެ ތެރެއިން އިންޓަރންޝިޕް އަދި ޕްރެކްޓިކަމް ހެދުމުގެ ފުރުޞަތު ވީކެއަރ އަދި ޔޫ.އޯ.ސީން ވެސް ފަހިކޮށްދީފައިވާ ކަމަށާއި އެ ޔުނިވަރސިޓީގައި ކްލިނިކްލް މަސައްކަތް ފުރިހަމަ ކުރަން ބޭނުންވާ ދަރިވަރުންނަށް ވިލާ ކޮލެޖުން އެ ފުރުޞަތު ފަހިކޮށްދޭނެ ކަމަށެވެ.

ނަފުސާނީ ފަރުވާގެ ވާހަކަ ދިވެހިންގެ ދުލުކުރިއަށް މި ފަހަކަށް އައިސް އާންމުވެފައިވާއިރު އެންމެ ބޮޑު ޝަކުވާއަކީ ސައިކޮލިސްޓަކާ ހަމައަށް ދިއުމަށް އޮންނަ ދިގު ކިޔުއެވެ. ހުރިހާ ޚިދުމަތެއް މާލެއަށް ބަރޯސޭވެފައި އޮތް އިރު އެ ޚިދުމަތް ވެސް ލިބެން އޮތީ މާލެ ހިމެނޭ ސަރަޙައްދުންނެވެ. ވިލާ ކޮލެޖުން، ކުލިނިކަލް ސައިކޮލޮޖީ ދާއިރާގެ ކޯސްތަކެއް ތަޢާރަފު ކުރި މައިގަނޑު ބޭނުމަކީ ވެސް އެ ޚިދުމަތް ރާއްޖެއަށް ފުޅާ ކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.

" އަޅުގަނޑުމެންގެ ބޭނުމަކީ ކުލިނިކަލް ސައިކޮލޮޖީގެ ދާއިރާއިން އަތޮޅު ތެރޭގައި ވެސް މަސައްކަތް ކުރާނެ ތެރަޕިސްޓުން އުފެއްދުން. އޭރުން މުޅި ރާއްޖެއަށް ޚިދުމަތް ފުޅާ ކުރުމުގެ ފުރުޞަތު ފަހިވެގެން ދާނީ" ނަޝީދާ ވިދާޅުވިއެވެ.

ނަޝީދާ ވިދާޅުވީ، މާސްޓަރސް އޮފް ކުލިނިކަލްމ ސައިކޮލޮޖީ ކޯސް ފުރިހަމަ ކުރުމަށްފަހު، ސައިކޮލޮޖިސްޓްއަކަށް ވުމަށްޓަކައި ފުރިހަމަކުރުމަށް އެލައިޑް ހެލްތުން ކަނޑައަޅާފައިވާ ގަޑި ހަމަކުރުން ސައިކޮލޮޖިސްޓެއްގެ ލައިސަންސް ލިބޭނެ ކަމަށެވެ. އޭރުން އަމިއްލަ އިޚްތިޔާރުގައި ބޭނުން ތަނެއްގައި މަސައްކަތް ކުރުމުގެ ފުރުޞަތު ލިބޭނެ ކަމަށެވެ.

" އަތޮޅުތެރޭގައި ޚިދުމަތް ފަށައި ފުޅާކުރަން އަޅުގަނޑުމެންގެ އެހީތެރިކަން އަބަދު ވެސް އަޅުގަނޑުމެންގެ ދަރިވަރުންނަށް ލިބޭނެ" ނަޝީދާ ވިދާޅުވިއެވެ.

ވިލާ ކޮލެޖުގެ ކުލިނިކަލް ސައިކޮލޮޖީގެ ޕްރޮރާމުގެ މައިގަނޑު ބޭނުމަކީ ނަފުސާނީ ދުޅަހެޔޮ ކަމަށް އެދިގެން ކިޔުގައި ޖެހިފައި އޮތް ކިޔު ކުރުކޮށްލުމެވެ. އެ ޚިދުމަތް ދޭނެ ގާބިލް ތެރަޕިސްޓުން އިތުރުކޮށް މުޅި ރާއްޖެއަށް އެ ޚިދުމަތް ފަތުރާލުމެވެ. ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދޭނެ ޒިންމާދާރު ބަޔަކު މުޖްތަމައަށް ނެރުމެވެ. ވިލާ ކޮލެޖުން ރައްޔިތުންނަށް ދޭ ޔަޤީންކަމަކީ އެއީއެވެ. މި ޔަގީންކަމާއިއެކު ވިލާ ކޮލެޖުން ދަނީ 2019 އިން ފެށިގެން  ބެޗަލާސް އިން ސައިކޮލޮޖީ ޕްރޮގްރާމް އާއި 2024 ގައި މާސްޓަރ އަފް ސައިންސް އިން ކައުންސެލިން ޕްރޮގްރާމް ހިންގަމުންނެވެ.. މި ޕްރޮގްރާމްތަކުގައި ބައިވެރި ވުމުގެ ފުރުސަތު މި ސެޕްޓެމްބަރ 2024 އިންޓޭކް އަށް އެޕްލިކޭޝަން ލުމުގެ ފުރުސަތު ވަނީ ހުޅުވައިލެވިފައި އެވެ.

ނޯޓް: މިއީ ވިލާ ކޮލެޖްގެ އެޑްވަޓޯރިއަލްއެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *