އއ ރަސްދޫގައި ހުންނަ އެ އަތޮޅު ތަޢުލީމީ މަރުކަޒުން ފާއިތުވި ދިރާސީ އަހަރު އެންމެ މޮޅު ދަރިވަރުގެ ގޮތުގައި ނީމް އިބްރާހިމް އާދަމް ހޮވައިފިއެވެ.
ނީމްއަކީ ފާއިތުވި އަހަރު އެ ސްކޫލުގެ ކެޕްޓަނެވެ.
އަހަރީ އިނާމް ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށް ދެއްވީ އެޑިޔުކޭޝަން މިނިސްޓްރީގެ މަލޭ ޒޯން ކޯޑިނޭޓަރު އަޙްމަދު ނަސީމެވެ.
ސާނަވީ އިމްތިޙާނުން ނީންއަށް ލިބުނީ، އެއް އޭ ސްޓަރއާއި ތިން އޭއާއި ތިން ބީގެ އިތުރުން އެއް ސީއެވެ.

މިހާރު، ސިއްޙީ ދާއިރާއަށް ޝަޢުޤު ހުރި ނީން ކުރިމަގުގައި ފެންނާނީ ލެބޯޓްރީ ސައިންސްގެ ދާއިރާއިންނެވެ. މި އަހަރު އެ ކޯސް ކުރިއަށް ނުގެންދާތީ، ނީމް ކިޔަވަން ފަށަނީ ބެޗްލާސް އޮފް ބައޮލޮޖީންނެވެ. އަންނަ އަހަރު ލެބޯޓްރީ ސައިންސް ކޯސް ފެށުމުން އެ ކޯހަށް ބަދަލުވާން ނީން ހުރީ ނިންމައިގެންނެވެ.
" އެންމެ ބޭނުންވީ ލެބޯޓްރީ ސައިންސްއިން ކުރިއަށް ދާން. އެ ކޯސް މި އަހަރު ނުފަށާތީ، ބައޮލޮޖީން ބެޗްލަރސް ޑިގްރީ ފަށަނީ" ދަރިވަރު ނޫހަށް ނީން ބުންޏެވެ.
ނީމް ވަނީ، އއ. އޭއީސީގެ ޒިންމާދާރު ހުރިހާ މަޤާމެއްގެ ޒިންމާ އަދާކޮށްފައެވެ. އޭގެ ތެރޭގައި ހައުސް ކެޕްޓަންކަމާއި ޑެޕިއުޓީ ކެޕްޓަން ކަމާއި ކެޕްޓަންކަން ހިމެނެއެވެ.
advertisment
ހިޔާލު