ޓާމު ބަންދު ދުވަސްތަކުގައި ސްކޫލަށް މުދައްރިސުން ނެރުން މަނާކޮށްފިއެވެ.
އެޑިޔުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކެރެޓަރީ ޝިފާޒު މުޙައްމަދު ސޮއިކުރައްވައި ސަރުކާރުގެ ހުރިހާ ސްކޫލްތަކަށް އިއްޔެ ފޮނުއްވި އިންޓަރނަލް މެމޯގައި ބުނެފައި ވަނީ، " ހިނގަމުންދާ 2024 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ފުރަތަމަ ޓާމާއި ދެވަނަ ޓާމުގެ ބަންދު އަދި މިޑްޓާމުގެ ބަންދުގައި މުދައްރިސުން ސްކޫލަށް ނެރުމަކީ މަނާކަމެއް ކަމުގައި ދަންނަވާ" ކަމަށެވެ.
ޓާމު ޗުއްޓީ ތެރޭގައި މުދައްރިސުން ސްކޫލަށް ނެރުން މަނާކުރިއިރު، ދިރާސީ އަހަރުގެ ތެރޭގައި ތައުލީމީ ދާއިރާއާ ގުޅުން ހުރި ވަރަށް މުހިންމު ނިންމުންތަކެއް ނިމިގެންދާނެ ކަމަށް ތައުލީމީ ވަޒީރު ވަނީ ވިދާޅުވެފައެވެ.
މުދައްރިސުން ސްކޫލުގެ ތެރޭގައި ހޭދަކުރާ މިންވަރު މަދުކޮށް އާއިލާއެކު ހޭދަކުރާ ވަގުތު އިތުރުވާނެ ގޮތަށް ސިޔާސަތު ބައްޓަން ކުރައްވާނެ ކަމަށް ވަޒީރު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
advertisment
ހިޔާލު