ޙަމަދު ސްކޫލުގެ ކެޕްޓަނަކަށް އީޝާ، ވައިސް ކެޕްޓަނުންނަށް ހުސްނުއާއި ޒަލަފް

ލ. ގަމުގައި ހުންނަ ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލްގެ ކެޕެޓަނަކަށް އީޝާ ތޯހާ އަބޫބަކުރު ހޮވިއްޖެއެވެ. ޑެޕިއުޓީ ކެޕްޓަނުންނަށް ހޮވުނީ އައިޝަތު ހުސްނު މުހައްމަދާއި ޒަލަފް އަޙްމަދު ޒާހިރެވެ.

ޙަމަދު ސްކޫލުގައި، ކެޕްޓަނުން ހޮވުމުގައި ބަލަނީ ދަރިވަރުގެ ނަތީޖާއަށާއި އިސްނެގުމާއި އަދި އިންޓަވިއު އަށެވެ. ފާއިތުވި އަހަރުގެ ދެ ޓާމުގެ ނަތީޖާއަށް ބަލައި ކިޔެވުމަށް 50 އިންސައްތަ ދޭއިރު، ދަރިވަރުގެ އިސްނެގުމާއި ބައިވެރިވުމަށް 25 އިންސައްތަ، އަދި އިންޓަވިއުއަށް 25 އިންސައްތަ ކަނޑައަޅާފައި ވެއެވެ. އިންޓަވިއު ޕެނަލް ކަނޑައަޅަނީ ޕްރިންސިޕަލެވެ. އެ ޕެނަލްގައި ތިއްބަވަނީ ތިން މެމްބަރުންނެވެ.

ކުލަބުތަކާއި ހައުސްތަކުގެ މަޤާމްތަކަށް ދަރިވަރުން ހޮވަނީ، ޝަރުޠު ހަމަވާ ދަރިވަރުންގެ ތެރެއިން، އެ ސްކޫލުގެ ގުރޭޑް 7ން މަތީގެ ދަރިވަރުން ވޯޓުލައިގެން އެންމެ ގިނަ ވޯޓް ލިބޭ ދަރިވަރުންނެވެ. ވޯޓް ލުމުގެ ކުރިން، މަޤާމްތަކަށް ކުރިމަތިލާފައިވާ ދަރިވަރުންނަށް ކެމްޕޭން ކުރުމުގެ ފުރުޞަތު އެސެމްބްލީގައި ފަހިކޮށްދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *