ތުޅާދޫ ސްކޫލުގައި ރީޑިންގ ޕާކެއް އެރަށު ޑަބްލިޔުޑީސީއިން ހަދައިދެނީ

ބ. ތުޅާދޫ ސްކޫލުގައި ރީޑިންގ ޕާކެއް އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން ހަދައިދޭން ނިންމައި، އެކަން ކުރާނެ ފަރާތެއް ހޯދަން އިޢުލާން ކޮށްފިއެވެ.

ތުޅާދޫ ކައުންސިލްގެ އިދާރާއިން މި މަހު 18 ވަނަ ދުވަހު ކުރި އިއުލާނުގައި ބުނެފައި ވަނީ، ރީޑިންގ ޕާކް ހަދަން ޝަޢުޤުވެރިވާ ފަރާތްތަކުން މި މަހުގެ 24ގެ ކުރިން ރަޖިސްޓްރީކޮށް، 25 ވަނަ ދުވަހުގެ ކުރިން މައުލުމާތު ސާފުކޮށް، 30 ދުވަހުގެ 10:15 އަށް ބީލަން ހުށަހެޅުމަށެވެ.

ތުޅާދޫ ސްކޫލުގައި ރީޑިންގ ޕާކު ތަރައްޤީ ކުރަނީ ފަސޭހައިން ފޮތް ކިޔަން ކުދިންނަށް ތިބެވޭނެ ގޮތަށެވެ.

ތުޅާދޫ ސްކޫލުގައި 400 އެއްހާ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *