ރައީސްގެ ހާއްސަ ސްކޮލާޝިފް 19 ދަރިވަރަކަށް

މިދިޔަ އަހަރުގެ އޭ އެލެވެލް އިމްތިހާނުން އެއްވަނަ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް ރައީސް ދެއްވާ ހާއްސަ ސްކޮލާޝިޕް، އެ ކުދިންނާ މިރޭ ހަވާލުކޮށް ދެއްވައިފިއެވެ. މާލޭގެ ސްކޫލުތަކުގެ 19 ދަރިވަރަކަށް މި ސްކޮލަރޝިލް ލިބިފައިވެއެވެ. މިސްކޮލަރޝިޕް ލިބވުނީ، ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގެ ހަ ދަރިވަރަކާއި ސެންޓަ ފޯ ހަޔާ ސެކަންޑްރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ) ގެ ހަ ދަރިވަރަކާއި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ހަތަރު ދަރިވަރެއްގެ އިތުރުން އަރަބިއްޔާ ސްކޫލުގެ ތިން ދަރިވަރަކަށެވެ. މިއީ އަރަބިއްޔާގެ މިހާ ގިނަ ދަރިވަރުންނަށް މި ސްކޮލަރޝިޕް ލިބޭ ފުރަތަމަ ފަހަރެވެ. މިދިޔަ އަހަރު ލިބުނީ އެންމެ ދަރިވަރަކަށެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ ސްކޮލަރޝިޕަކީ، ރާއްޖޭގެ ސްކޫލުތަކުން މަތީސާނަވީ އިމްތިޙާނުތަކުގައި ބައިވެރިވާ ދިވެހި ދަރިވަރުންގެތެރެއިން އެ އިމްތިޙާނުތަކުގެ "އިސްލާމް" އާއި "ދިވެހި" ހިމެނޭގޮތަށް، 5 މާއްދާއަކުން "އޭ ސްޓާރ" ހޯދާ ދަރިވަރުންނަށް ދޭ ސްކޮލަރޝިޕެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕް ހޯދި ދަރިވަރުން:

ވިލާ ހައި އިންޓަރނޭޝަނަލް ސްކޫލް:

  • އަޙްމަދު ޒާހު ވަދީފު
  • އައިޝަތު ޖަނާން އަޙްމަދު
  • އައިޝަތު ލީސާ ސައީދު
  • މައިހާ ހަސަން މުޙައްމަދު
  • ރަޔާން އަޙްމަދު އަލީ
  • ތީބާ އަލީ ޝަފީޢު

ސެންޓަރ ފޯރ ހަޔަރ ސެކަންޑްރީ އެޑިޔުކޭޝަން

  • އަބްދުއްﷲ ޒަޔާން ޒުހުރީ
  • އަލީ ސަޢުދާން ޝާހީން
  • ޙަސަން ބަނީން ސަރޫފު
  • މުޙައްމަދު އަބާން
  • މުޙައްމަދު ލޫޠު އިބްރާހިމް ޒިޔާއު
  • މުޙައްމަދު ޝާމިޚް ޝަފީޤު

އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް

  • އަބްދުﷲ ފިރުޒާން އަޙްމަދު
  • ލަޔާން މުޙައްމަދު ރަޝީދު
  • ރަޒާން އިބްރާހިމް ރަޝީދު
  • ޔުމްނު ޔަމަން އަލީ

އަރަބިއްޔާ ސްކޫލް:

  • އަބްދުލް މަތީން މުޙައްމަދު
  • ހުސައިން ވާއިލް މުޙައްމަދު
  • ފާޠިމަތު އިމްޝާ އިބްރާހީމް

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *