ފަތަގުމާ ފާޠިމަތު މަނިކުގެ ހަނދާނުގައި މާފުށީ ސްކޫލަށް ޒަމާނީ ދޮރާއްޓެއް

ފަތަގުމާ ފާޠިމަތު މަނިކުގެ ހަނދާނުގައި އާއިލާގެ ފަރާތުން މާފުށީ ސްކޫލުގެ ހުޅަނގު ފަރާތާއި އިރުމަތީ ފަރާތުގައި ޒަމާނީ ދޮރާއްޓެއް ހަރުކޮށްފިއެވެ.

ބާވެފައި ހުރި ދޮރާށީގެ ބަދަލުގައި އެސްއެސްއިން ތައްޔާރުކުރި ދޮރާށީގެ ސަބަބުން އެ ސްކޫލުގެ މޫނު މައްޗަށް ފުރިހަމަ ކަމެއް މިހާރު ވަނީ ލިބިފައެވެ.

މާފުށީ ސްކޫލުގެ ޕްރިންސިޕަލް އަބްދުލް ނާސިރު މުޙައްމަދު ވިދާޅުވީ، ފަތަގުމާ ފާޠިމަތު މަނިކުގެ ހަނދާނުގައި އޭނާގެ އާއިލާން އެ ސްކޫލަށް ކޮށްދިނީ ގިނަ ދުވަހަށް ފެންނަން ހުންނާނެ މުހިންމު މަސައްކަތެއް ކަމަށެވެ.

" އެ އާއިލާއިން ބޭނުންވީ ގިނަ ދުވަހަށް ފެންނަން ހުންނާނެ ކަމެއް ސްކޫލަށް ކޮށްދޭން. ސްކޫލުގެ ދޮރާށި ހުރީ ދުވަސްވުމުގެ ސަބަބުން ބާވެ ހަލާކުވެފައި. އެހެންވެ ފަތަގުމާ ފާޠިމަތު މަނިކުގެ އާއިލާގެ އިސްނެންގެވުމުގެ މަތިން ދެ ފަރާތުގައި ދޮރާށި ހަރުކުރީ" ނާސިރު ވިދާޅުވިއެވެ.

މާފުށީ ސްކޫލުގައި 500އަށްވުރެ ގިނަ ދަރިވަރުން ގުރޭޑް 10އާ ހަމައަށް ކިޔަވަމުން ގެންދެއެވެ.

އޭނާ ވިދާޅުވީ، އެ މަސައްކަތަށް ޚަރަދުވި ސިދާ އަދަދެއް އެ އާއިލާއިން ހާމަކޮށްފައި ނުވި ނަމަވެސް ތިން ލައްކައެއްހާ ރުފިޔާ އެކަމަށް ޚަރަދުވާނެ ކަމަށް ބެލެވޭ ކަމަށެވެ.

ފަތަގުމާ ފާޠިމަތު މަނިކުގެއާއިލާއިން މާފުށީ ޓޫރިސްޓް ވިޔަފާރި ފުޅާ ދާއިރާއެއްގައި މާފުށީގައި ކުރެއެވެ. ކާނި ހޮޓަލަކީ އެ ވިޔަފާރީގެ އެއްބައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *