ދެވަނަ ޓާމުގައި އިތުރު ހަތަރު ކޯހެއް ފެކަލްޓީ އޮފް އެޑިޔުކޭޝަނުން ފަށަނީ

ދެވަނަ ޓާމުގައި ފަށަން އިއުނާން ކޮށްފައިވާ ކޯސްތަކުގެ އިތުރަށް، ހަތަރު ކޯހެއް ފަށަން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ( އެމްއެންޔޫ)ގެ ފެކަލްޓީ އޮފް އެޑިޔުކޭޝަނުން އިއުލާން ކޮށްފިއެވެ. މި ހުރިހާ ކޯސްތަކެއް ވެސް ހިންގަނީ މާލޭގައި ހުންނަ އެ ޔުނިވަރސިޓީގެ މައި ކެމްޕަހުގައެވެ.

ދެވަނަ ޓާމުގައި ފަށާ ކޯސްތަކަކީ:

1- ބެޗްލަރ އޮފް އާރޓްސް ޓީޗިންގ އިންގްލިޝް އޭޒް އަ ފޮރިންގ ލޭންގްވިޖް – ފުލްޓައިމް (ހެނދުނު) – މާލެ

2- މާސްޓަރ އޮފް އެޑިޔުކޭޝަން (ދިވެހި ލޭންގްވިޖް ޓީޗިންގ) – ފުލްޓައިމް (ހަވީރު) – މާލެ

3- މާސްޓަރ އޮފް އެޑިޔުކޭޝަން (އިންގްލިޝް ލޭންގްވިޖް ޓީޗިންގ) – ފުލްޓައިމް (ހަވީރު) – މާލެ

4- މާސްޓަރ އޮފް އެޑިޔުކޭޝަން (އެޑިޔުކޭޝަނަލް މެނޭޖްމަންޓް އެންޑް ލީޑަރޝިޕް) – ފުލްޓައިމް (ބްލެންޑެޑް) – މާލެ

މި ކޯސްތަކަށް އެޕްލައިކުރުމުގެ ފަހު ވަގުތަކީ، މި މަހުގެ 25 ވަނަ ދުވަހު މެންދުރުފަހު 14:00 އެވެ. މި ކޯސްތަކާ ބެހޭ މަޢުލޫމާތު courses.mnu.edu.mv/ އިން ލިބޭނެއެވެ. ކޯސްތަކަށް އެޕްލައިކުރަން ޖެހެނީ  portal.mnu.edu.mv ޕޯރޓަލް މެދުވެރިކޮށެވެ. އިތުރު މަޢުލޫމާތު studentservices@mnu.edu.mv އަށް މެއިލް ކުރުމުން އަދި 1445 ނަމްބަރުން ލިބޭނެ ކަމަށް އެމްއެންޔޫއިން ބުނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *