މަޖީދިއްޔާއަށް 100 އަހަރު ފުރުން ފާހަގަކުރަން 1000 ދުވަހުގެ ކައުންޓްޑައުންއެއް

މަޖީދިއްޔާ ސްކޫލަށް 100 އަހަރު ފުރުން ފާހަގަ ކުރަން އެ ސްކޫލުގެ އިސްދަރިވަރުންގެ ޖަމިއްޔާއިން 1000 ދުވަހުގެ ކައުންޓްޑައުންއެއް ފަށަން ތައްޔާރުވާން ފަށައިފިއެވެ.

މަޖީދިއްޔާއަށް 100 އަހަރު ފުރޭނީ 2027 ވަނަ އަހަރުގެ އެޕްރީލް މަހުގެ 19 ވަނަ ދުވަހުއެވެ. އެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރަން ތައްޔާރު ވުމުގެ ގޮތުން 1000 ދުވަހުގެ ކައުންޑައުން އެއް ފަށަނީ  މި މަހުގެ 24 ވަނަ ދުވަހުގެ ރޭ "މަޖީދިއްޔާ ދަންމަރު"ގެ ނަމުގައި އެ ސްކޫލުގައި ބާއްވާ ޚާއްޞަ މިއުޒިކު ޝޯ އަކުންނެވެ.

އެ ސްކޫލުގެ މުސްކުޅި ދަރިވަރުންގެ ހުނަރު ފެންނާނެ މި ޝޯ ކުރިއަށް ގެންދަނީ ޓިކެޓް ވިއްކައިގެންނެވެ. ޝޯވ އިން ލިބޭ ފައިސާ ޚަރަދު ކުރަނީ އަހަރީ ދުވަހުގެ ހަރަކާތްތަކަށެވެ. ޓިކެޓް ވިއްކަނީ ތިން އަގެއްގައެވެ. އެއީ 150ރުފިޔާއާއި 200 ގެ އިތުރުން 300 ރުފިޔާ އަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *