ފުނަދޫ ސްކޫލުގެ މޮޅު ދަރިވަރުންނަށް އިލާންއާއި މިލްނާ

ށ. ފުނަދޫ ސްކޫލުގެ އެންމެ މޮޅު ދަރިވަރުންނަށް އިބްރާހިމް އިލާން ހުސައިންއާއި ފާތިމަތި މިލްނާ އަޙްމަދު ހޯދައިފިއެވެ.

އިލާން އެއްވަނަ ހޯދީ ސާނަވީންނެވެ. މިލްނާ އެއްވަނަ ހޯދީ މަތީ ސާނަވީންނެވެ.

ޅައިމަގު ސްކޫލުން މިލްނާ، އޯލެވެލް ހަދައި، ޤައުމީ ގަދަ ދިހައެއްގެ ހަތަރުވަނަ ހޯދިއެވެ. ފުނަދޫ ސްކޫލުން އޭލެވެލްގައި ބައިވެރިވެ މިލްނވަނީ ޤައުމީ ގަދަ ދިހައެއްގެ ހަތް ވަނަ ހޯދާފައެވެ.

ހޭންޑްބޯޅައާއި ނެޓްބޯޅައިގެ އިތުރުން ޤުރުއާން މުބާރާތްތަކުގައިވެސް މިލާން ވާދަކޮށްފައިވެއެވެ.

ފުނަދޫ ސްކޫލުން ފާހަގަކުރާ ގޮތުގައި، ސާނަވީން އެއްވަނަ ދަރިވަރަށް ވުމަށް ގިނަ މަސައްކަތްތަކެއް މިލާން ކޮށްފައިވާ ކަމަށާއި އެއީ ނަމޫނާ ދަރިވަރެކެވެ.

ސާނަވީން އެއްވަނަ ހޯދި އިލާން، ސާނަވީ އިމްތިޙާނުގެ ޤައުމީ ގަދަ ދިހައެއްގެ ހަތް ވަނަ ހޯދިއެވެ. އަދި އޭނާއަކީ ފާއިތުވި ދިރާސީ އަހަރު ފުނަދޫ ސްކޫލުގެ ޑެޕިއުޓީ ކެޕްޓަނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *