ށ. ފުނަދޫ ސްކޫލުގެ މަތީ ސާނަވީގެ ދަރިވަރުންނާއި ގުރޭޑް 10ގެ ދަރިވަރުން މި އަހަރު ކުރަން ނިންމާފައިވާ މައިދާނީ ދަތުރުގެ ހުރިހާ ޚަރަދެއް އެރަށު ކައުންސިލުން ދޭން ނިންމައިފިއެވެ.

އިއްޔެ ބޭއްވި ފުނަދޫ ކައުންސިލުގެ ހަތަރު ވަނަ ދައުރުގެ 148 ވަނަ ޖަލްސާގައި ނިންމީ، ގުރޭޑް 10ން 12ގެ ދަރިވަރުންގެ މައިދާނީ ދަތުރުގެ ހުރިހާ ޚަރަދެއް ހިމެނޭގޮތަށް ކައުންސިލުން ބަޖެޓް ކޮންޓްރޯލެއް ހަދާ، އެ ދަތުރު ކައުންސިލުގެ ޕްރޮގްރާމެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށާއި ކުރިއަށް އޮތް ތަނުގައި ކޮންމެ އަހަރަކު އެ ދަތުރު އޮންނާނެ ކަމަށް ބަލައިގެން ބަޖެޓްގައި އެ ފައިސާ ހިމެނުމަށެވެ.
ފުނަދޫ ސްކޫލުން ކުރިއަށް ގެންދާ އިތުރު ހަރަކާތްތަކަށް ކަނޑައަޅާފައިވާ ކޯޑަށް ހަ ލައްކަ ރުފިޔާ އިތުރު ކުރުމަށް ވެސް އެރަށު ކައުންސިލުން ނިންމާފައިވެއެވެ.
މިދިޔަ އަހަރު ފުނަދޫ ކައުންސިލުން އެރަށު ސްކޫލަށް ޒަމާނީ ޓާފް ދަނޑެއް ހަދިޔާ ކޮށްފައިވެއެވެ.
advertisment
ހިޔާލު