އެންމެ މޮޅު ދަރިވަރަކީ ލ. އޭއީސީގެ ޒުހާ، ދެވަނަ ޙަމަދު ސްކޫލުގެ އައިޝާ، ތިންވަނަ އިހައްދޫ ސްކޫލުގެ އާހިލް
ލާމަސީލުލާމު ސްކޫލުތަކުގެ ވާހަކަ ދެއްކުމުގެ މުބާރާތުން އެއްވަނަ ލ. އަތޮޅު ތަޢުލީމީ މަރުކަޒުން ހޯދައިފިއެވެ. ނުވަ ސްކޫލުން ވާދަކުރި މި މުބާރާތުން ދެވަނަ ހޯދީ ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލެވެ. ތިންވަނަ ހޯދީ އިސްދޫ ސްކޫލުންނެވެ.
ލާމަސީލުލާމު ސްކޫލުތަކުގެ މެދުގައި މި މުބާރާތް ކުރިއަށް ގެންދިޔައީ ދެ އުމުރު ފުރައަކަށެވެ. އެއީ ސާދަ އަހަރުން ދަށާއި ސާދަ އަހަރުން މައްޗެވެ.

ލާމުއަތޮޅުގެ ސްކޫލްތަކަށް ހުޅުވާލައިގެން މި މުބާރާތް ކުރިއަށް ގެންދާތާ މިއީ ދެވަނަ އަހަރެވެ. މި އަހަރު މި މުބާރާތުގައި ބައިވެރިވީ، އިސްދޫއާއި ކަލައިދޫއާއި ދަނބިދުއާއި އިހައްދޫ ސްކޫލާއި ޙަމަދު ސްކޫލާއި ލ. އޭއީސީއާއި މާމެންދޫ ސްކޫލާއި ހިތަދޫ ސްކޫލުގެ އިތުރުން މާވަށު ސްކޫލުން 101 ދަރިވަރުންނެވެ.
މުބާރާތުގެ ވަނަތައް:
14 އަހަރުން ދަށުގެ އެންމެ މޮޅު ދަރިވަރުން:
އެއްވަނަ، ޒުހާ ނާޞިރު، ލ. އޭއީސީ
ދެވަނަ، އިބްރާހިމް އާހިލް އާޒިމް، އިހައްދޫ ސްކޫލް
ތިންވަނަ ޢާއިޝް އަބްދުލް ހަންނާނު، ޙަމަދު ސްކޫލް
14 އަހަރުން މަތީގެ އެންމެ މޮޅު ދަރިވަރުން:
އެއްވަނަ، ޢާއިޝަތު ބިންތު އަބްދުއްރައޫފު، ޙަމަދު ސްކޫލް
ދެވަނަ، ޢާއިޝަތު ހުސްނު މުޙައްމަދު، ޙަމަދު ސްކޫލް
ތިންވަނަ، ޚަދީޖާ ޔަމްނާ އަޙްމަދު، އިސްދޫ ސްކޫލް
މުޅި މުބާރާތުގެ އެންމެ މޮޅު ދަރިވަރުން:
އެއްވަނަ، ޒުހާ ނާޞިރު، ލ. އޭއީސީ
ދެވަނަ، ޢާއިޝަތު ބިންތު އަބްދުއްރައޫފު، ޙަމަދު ސްކޫލް
ތިންވަނަ، އިބްރާހިމް އާހިލް އާޒިމް، އިހައްދޫ ސްކޫލް
ސްކޫލުގެ ވަނަތައް:
14 އަހަރުން ދަށް:
އެއްވަނަ، ސްކޫލް: ލ. އެއީސީ
ދެވަނަ ސްކޫލް: ލ. މާމެންދޫ ސްކޫލް
ތިންވަނަ ސްކޫލް: ޙަމަދު ސްކޫލް
14 އަހަރުން މަތި:
އެއްވަނަ ސްކޫލް: ލ. އޭއީސީ
ދެވަނަ ސްކޫލް: ޙަމަދު ސްކޫލް
ތިންވަނަ ސްކޫލް: ލ. އިސްދޫ ސްކޫލް
މުޅި މުބާރާތުގެ ވަނަތައް:
އެއްވަނަ ސްކޫލް: ލ. އޭއީސީ
ދެވަނަ ސްކޫލް: ޙަމަދު ސްކޫލް
ތިންވަނަ ސްކޫލް: ލ. އިސްދޫ ސްކޫލް
advertisment
ހިޔާލު